ސްޓެލްކޯއިން ކ. ގުޅީގައި އައު އިންޖީނެއް ބަހައްޓައި ކަރަންޓު ދޭން ފަށައިފި އެވެ.
ސްޓެލްކޯއިން ބުނީ މި އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ގުރައިދޫ އަށް ގެންދިޔަ 800 ކިލޯވޮޓުގެ އިންޖީނު އެރަށުގައި ބަހައްޓައި، އެ އިންޖީނުން ހިދުމަތްދޭން ފަށާފައި ކަމަށެވެ.
ގުޅީގައި ބެހެއްޓި އިންޖީނާއެކު އެ ރަށުގެ ކަރަންޓު އުފެއްދޭ މިންވަރު 1904 ކިލޯވޮޓަށް އިތުރު ކުރެވިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފައިވެ އެވެ.
ސްޓެލްކޯއިން މިއަހަރުގެ ޕީކް ސީޒަނަށާއި ރޯދައަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ ޖެނުވަރީ މަސް ތެރޭގައި ވެސް ވަނީ ބައެއް ރަށްރަށް އައު ޖަނަރޭޓަރު ފޮނުވާފަ އެވެ.
އެގޮތުން އއ. ތޮއްޑޫ، ކ. ގުރައިދޫ، އއ. އުކުޅަސް، އއ. މަތިވެރި، ވ. ތިނަދޫ އަށް ގެންދިޔަ ޖަނަރޭޓަރުތައް ކޮމިޝަންކޮށް މިހާރު އަންނަނީ ހިދުމަތް ދެމުންނެވެ.
ކޮމެންޓް