ފޭސް 2ގެ ރައްޔިތުންނަށް ދިމާވެފައިވާ ހުރިހާ މައްސަލަތަކެއް ހައްލުކޮށްދޭނަން: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް

ފުލެޓުތަކުގެ ކުއްޔާއި ސަލާމަތީ ކަންކަން ހިމެނޭހެން ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ހުރިހާ މައްސަލަތަކެއް، ވީ އެންމެ ރަނގަޅަކަށް ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

އެމަނިކުފާނު މިޔަގީންކަން ދެއްވީ ފޭސް2 ގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

‏ރައީސް ވިދާޅުވީ އެއީ ވަކިވަކި ފަރުދުންނާ ގުޅިފައިވާ ކަންކަން ނުވަތަ މުޅި މުޖުތަމައާ ގުޅިފައިވާ ކަންކަންކަމުގައި ވީ ނަމަވެސް، ވީ އެންމެ ރަނގަޅަކަށް، އަދި އެންމެ ފުރިހަމައަށް ހައްލުކޮށްދެއްވާނެ ކަމަށެވެ.

މި ބައްދަލުވުމުގައި ރައްޔިތުން ހިއްސާކުރި ހިޔާލާއި މަޝްވަރާ، އަދި ފާޅުކުރި ކަންބޮޑުވުންތައް އަޑުއައްސެވުމަށްފަހު ރައްޔިތުންނާ މުހާތަބު ކުރައްވާ ރައީސް ދެއްކެވި ވާހަކަފުޅުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެއްވީ، އެންމެ ގިނަ ރައްޔިތުންތަކެއްގެ ކަންބޮޑުވުންތަކާ ގުޅިފައިވާ ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމުގެ ދާއިރާ އަށެވެ.

މީގެ ކުރިން ކަންހިނގާ ދިޔަގޮތުން ހައްލު ނުކުރެވި، ގިނަވެފައި ހުރި މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވާ ވާހާކަފުޅުދައްކަވަމުން ރައީސް ވަނީ، ރައްޔިތުންގެ ދިރިއުޅުން ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ކުރިއަށް ގެންދެވޭނެ މަގު ތަނަވަސް ކޮށްދެއްވުމަށް ޓަކައި އެ މަނިކުފާނުގެ ސަރުކާރުގެ ތެރެއިންނާއި، ހައުސިންގް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވެސް މަސައްކަތްތަކެއް ކުރަމުންގެންދާކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ފޭސް 2ގެ ފުލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ކަންބޮޑުވުމެއްގެ ގޮތުގައި، ކޯޕަރޭޓިވް ސޮސައިޓީތައް ހެދިފައި ނެތްނެތުން ފާހަގަ ކުރެއްވިއިރު، އެ ކަމަށް ނިމުމެއްގެނައުމަށް ޓަކައި އެޗްޑީސީއާ ހައުސިންގް މިނިސްޓްރީން މިހާރު ވެސް މަސައްކަތް ކުރައްވާކަމުގައި ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން، ހިޔާ ފުލެޓުތަކުގެ މިލްކުވެރިންނަށް ދެ ލައްކަ ރުފިޔާގެ ޑިސްކައުންޓެއް ދެއްވުމަށް ވިދާޅުވިކަން ތަކުރާރު ކުރައްވަމުން ރައީސް ވަނީ، އެކަން އެގޮތަށް ކުރެއްވުމަށް އެޗްޑީސީއަށް ދަންނަވާފައިވާނެ ކަމަށާ، އެކަމަށް ޓަކައި އެގްރީމަންޓަށް ގެންނަ ބަދަލާއެކު، ދެ ލައްކަ ރުފިޔާ އުނިކުރެއްވުމަށް ޓަކައި ކުރައްވަންޖެހޭ ހުރިހާ ކަމެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން މިރޭ ދެއްވާފަ އެވެ.

ފައިސާ ހަލާސް ނުކުރެވި ހުރި ފަރާތްތަކުގެ ތަފްސީލުތައް ލިބިވަޑައިގެންނެވިހާ އަވަހަށް، އެކަމުގައި ކުރިއަށް ދެވޭނެ ގޮތެއްވެސް ބައްލަވާނެކަމުގައި ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ކުލީގެ މައްސަލަތަކާ ގުޅިގެން ރައްޔިތުން ފާޅުކުރި ކަންބޮޑުވުންތައް ސީރިއަސްކަމާއެކު ބައްލަވާދެއްވާނެކަމުގައި ރައީސް ވިދާޅުވި އެވެ.

މަހުން މަހަށް ފައިސާ ދައްކަންޖެހޭ މިންވަރު، ރައީސްގެ ވައުދުފުޅާ އެއްގޮތަށް ބަދަލުކޮށްދެއްވާނެ ކަމަށާ، ރައްޔިތުން އެދުނު ގޮތަށް، މަހުން މަހަށް ދައްކަންޖެހޭ މިންވަރާއި، އަގުގެ މައްސަލަ ވެސް ހައްލުކޮށްދެއްވޭތޯ ބައްލަވައިދެއްވާނެކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

team

އެފްޑީސީ ފުލެޓުތަކުގެ ކުލި ރައީސް ކުޑަކޮށްދެއްވައިފި

10 ގަޑިއިރު ކުރިން
team

ގައުމު ހެޔޮ މިސްރާބަކަށް ގެންދަން ރައީސް ޑރ. މުއިއްޒު ބޭނުންވޭ:‏ ޝައިހު ޝަފީއު

14 ގަޑިއިރު ކުރިން
team

އައު ޓާމިނަލްގެ ސީ ޕްލޭން ކައުންޓަރުތަކަށް އަހުލުވެރި ކުރުވައިފި

18 ގަޑިއިރު ކުރިން
team

ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ: ރައީސް

19 ގަޑިއިރު ކުރިން
team

މީޑިއާ ތަކަށް މާލީ އެހީ ދިނުމުގެ ކަންކަން ‏އެމްއެމްބީސީ‏އާ ހަވާލުކޮށްފި

20 ގަޑިއިރު ކުރިން
team

ގުޅީފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

21 ގަޑިއިރު ކުރިން
team

ދެވަނަ ދައުރަކަށް ރައީސް ޑރ. މުއިއްޒު ހޮވާނެކަމުގެ އުއްމީދު ބޮޑު: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މަޖިލިސް އިންތިހާބުން ބަލިވި ޒަރިޔަންދު ޕީއެންއެފްގެ ޓިކެޓުގައި މާލޭ މޭޔަރު ކަމަށް

1 ދުވަސް ކުރިން
team

ވީއައިއޭގެ އައު ޓާމިނަލުން ސްރީލަންކަން އެއާލައިންސަށް ހިދުމަތް ދޭން ފަށައިފި

1 ދުވަސް ކުރިން
team

ދިވެހިންގެ އެދުމަކީ މި އަހަރުގެ ކާވާ ކަޕްގެ ތަށި ގެނައުން: ނައިބު ރައީސް

1 ދުވަސް ކުރިން
team

ރޭގަނޑު 12 ގެ ފަހުން މަގުމަތީ އުޅޭ ބިދޭސީންނާ ސުވާލު ކުރަނީ

1 ދުވަސް ކުރިން
team

4000 ފުލެޓުގެ ޑައުންޕޭމަންޓަށް ރަނގަޅު ހައްލެއް ހޯދަދޭނަން: ރައީސް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy