4000 ފުލެޓުގެ ޑައުންޕޭމަންޓަށް ރަނގަޅު ހައްލެއް ހޯދަދޭނަން: ރައީސް

ރައީސް ޑރ. މުއިއްޒު ގަލޮޅު ރައްޔިތުންނާ ބައްދަލުކުރެއްވުން: ފޮޓޯ/ ރައީސް އޮފީސް

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ 4000 ފުލެޓުގެ ޑައުންޕޭމަންޓަށް ގެނެސްދެވެން އޮތް އެންމެ ރަނގަޅު ހައްލު ހޯދަދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މި ގޮތަށް ވިދާޅުވީ ގަލޮޅުގެ ރައްޔިތުންނާއެކު ރޭ، އިމާދުއްދީން ސްކޫލުގައި ކުރިއަށްގެންދިޔަ މަޝްވަރާ ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރޭގެ ބައްދަލު ކުރެއްވުމުގައި ވެސް އެންމެ ގިނަ ރައްޔިތުން ހިއްސާ ކުރީ ބޯހިޔާވަހިކަމާ ގުޅިފައިވާ ކަންބޮޑުވުންތައް ކަމަށްވާއިރު، ރައީސް ވަނީ ކޮންމެ ރައްޔިތެއްގެ ހިޔާލާއި، ފާޅުކުރެއްވި ޝުއޫރަކީ މުހިންމު ކަމެއްކަން ފާހަގަ ކުރައްވައި، މިއިން ކޮންމެ ކަމަކީ ވެސް، ސީރިއަސްކަމާ އެކު ބައްލަވާނެ ކަންކަން ކަމުގައި ވިދާޅުވެފަ އެވެ.

އެގޮތުން، 4000 ހައުސިން ޔުނިޓްގެ ޑައުންޕޭމަންޓާއި، އެއަށްފަހު މަހުން މަހަށް ދައްކަން ޖެހޭ ކުއްޔާ ގުޅިގެން ބައެއް ރައްޔިތުން ކަންބޮޑުވުން ފާޅު ކުރެއްވިއިރު، ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރައްވައިގެން، އެ ކަންބޮޑުވުންތަކަށް ރަނގަޅު ހައްލެއް ގެނެސްދެއްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.

ހަމަ މި މޭރުމުން އެމަނިކުފާނު ވަނީ ގުޅިފަޅުން ގޯތި ލިބޭ ފަރާތްތަކަށް ރަޖިސްޓްރީ ހަވާލު ކުރެވިފައި އޮތް ނަމަވެސް، އެ ގޯތިތައް ކަނޑައި ނުދެވި ލަސްވަމުންދާ ދިއުމާ ގުޅިގެން އާންމުން ހުށަހެޅި ޝަކުވާ ތަކަށް ވެސް ޖަވާބުދާރީވެވަޑައިގެންފަ އެވެ. އެގޮތުން، ގުޅިފަޅުން ގޯތިކަނޑައިދިނުމުގެ ދުވެލި ހަލުވިކޮށް، މާ ގިނަ ދުވަސްތަކެއް ނުވެ، އެ ގޯތިތައް ހައްގުވެރިންނާ ހަވާލުކުރެއްވޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ، ރޭގެ މަޝްވަރާ ބައްދަލުވުމުގައި ދެއްވާފަ އެވެ.

ކޮމެންޓް

team

ފޭސް 2ގެ ރައްޔިތުންނަށް ދިމާވެފައިވާ ހުރިހާ މައްސަލަތަކެއް ހައްލުކޮށްދޭނަން: ރައީސް

11 ގަޑިއިރު ކުރިން
team

އެފްޑީސީ ފުލެޓުތަކުގެ ކުލި ރައީސް ކުޑަކޮށްދެއްވައިފި

12 ގަޑިއިރު ކުރިން
team

ގައުމު ހެޔޮ މިސްރާބަކަށް ގެންދަން ރައީސް ޑރ. މުއިއްޒު ބޭނުންވޭ:‏ ޝައިހު ޝަފީއު

16 ގަޑިއިރު ކުރިން
team

އައު ޓާމިނަލްގެ ސީ ޕްލޭން ކައުންޓަރުތަކަށް އަހުލުވެރި ކުރުވައިފި

20 ގަޑިއިރު ކުރިން
team

ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ: ރައީސް

21 ގަޑިއިރު ކުރިން
team

މީޑިއާ ތަކަށް މާލީ އެހީ ދިނުމުގެ ކަންކަން ‏އެމްއެމްބީސީ‏އާ ހަވާލުކޮށްފި

21 ގަޑިއިރު ކުރިން
team

ގުޅީފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

22 ގަޑިއިރު ކުރިން
team

ދެވަނަ ދައުރަކަށް ރައީސް ޑރ. މުއިއްޒު ހޮވާނެކަމުގެ އުއްމީދު ބޮޑު: މިނިސްޓަރު

1 ދުވަސް ކުރިން
team

މަޖިލިސް އިންތިހާބުން ބަލިވި ޒަރިޔަންދު ޕީއެންއެފްގެ ޓިކެޓުގައި މާލޭ މޭޔަރު ކަމަށް

1 ދުވަސް ކުރިން
team

ވީއައިއޭގެ އައު ޓާމިނަލުން ސްރީލަންކަން އެއާލައިންސަށް ހިދުމަތް ދޭން ފަށައިފި

1 ދުވަސް ކުރިން
team

ދިވެހިންގެ އެދުމަކީ މި އަހަރުގެ ކާވާ ކަޕްގެ ތަށި ގެނައުން: ނައިބު ރައީސް

1 ދުވަސް ކުރިން
team

ރޭގަނޑު 12 ގެ ފަހުން މަގުމަތީ އުޅޭ ބިދޭސީންނާ ސުވާލު ކުރަނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy