މީޑިއާ ތަކަށް މާލީ އެހީ ދިނުމުގެ ކަންކަން ‏އެމްއެމްބީސީ‏އާ ހަވާލުކޮށްފި

އެމްއެމްބީސީގެ މެމްބަރުން --

އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ހަވާލުކުރުމަށް ޔޫތް މިނިސްޓްރީ އާއި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނާއި ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

މިކަމަށް ޓަކައި މިއަދު ޔޫތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްއޯޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކެރެޓަރީ ފާތިމަތު އަހުމަދު އެވެ. އެމްއެމްބީސީގެ ފަރާތުން މި ސޮއިކުރެއްވީ އެ ކޮމިޝަންގެ ސެކެރެޓަރީ ޖެނެރަލް ހަމްދީ އަގީ ލެވެ.

މި އެމްއޯޔޫއަކީ ގާނޫނީ އޮނިގަނޑުގެ ތެރެއިން ނޫސްވެރި ކަމަށް ވަކި އިންސައްތައެއް ދައުލަތުގެ ބަޖެޓުން ކަނޑައެޅުމާއި ގުޅިގެން އަމިއްލަ މީޑިއާ ތަކަށް މާލީ އެހީތެރިކަން ދިނުމާއި ގުޅޭ ކަންކަން، ހަމަހަމަ ކަމާ އެކު ދެފުށް ފެންނަ އިންސާފުވެރި ނިޒާމަކުން ކުރިއަށް ގެންދިއުމަށް އެކުލަވާލާފައިވާ އެމްއޯޔޫ އެކެވެ.

އެމްއޯޔޫގެ މަގުސަދަކީ ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ދޭ މާލީ އެހީތެރިކަން ކުރިއަށް ގެންދިއުމުގެ އެންމެހާ ކަންކަން އެމްއެމްބީސީން ކުރިއަށް ގެންދިޔުމަށް ހަވާލު ކުރުމެވެ.

މި އެމްއޯޔޫގެ ދަށުން މާލީ އެހީ ލިބޭ އަމިއްލަ މީޑިއާތަކާއި ފައިސާގެ ތަފުސީލު އެމްއެމްބީސީން ޔޫތް މިނިސްޓްރީއާ ހިއްސާކުރުމާ އެކު އެ ފައިސާ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް މީޑިއާތަކަށް ދޫކުރުމުގެ އިންތިޒާމު ހަމަޖައްސާނެ އެވެ.

ކޮމެންޓް

team

ފޭސް 2ގެ ރައްޔިތުންނަށް ދިމާވެފައިވާ ހުރިހާ މައްސަލަތަކެއް ހައްލުކޮށްދޭނަން: ރައީސް

10 ގަޑިއިރު ކުރިން
team

އެފްޑީސީ ފުލެޓުތަކުގެ ކުލި ރައީސް ކުޑަކޮށްދެއްވައިފި

10 ގަޑިއިރު ކުރިން
team

ގައުމު ހެޔޮ މިސްރާބަކަށް ގެންދަން ރައީސް ޑރ. މުއިއްޒު ބޭނުންވޭ:‏ ޝައިހު ޝަފީއު

15 ގަޑިއިރު ކުރިން
team

އައު ޓާމިނަލްގެ ސީ ޕްލޭން ކައުންޓަރުތަކަށް އަހުލުވެރި ކުރުވައިފި

18 ގަޑިއިރު ކުރިން
team

ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ: ރައީސް

20 ގަޑިއިރު ކުރިން
team

ގުޅީފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

21 ގަޑިއިރު ކުރިން
team

ދެވަނަ ދައުރަކަށް ރައީސް ޑރ. މުއިއްޒު ހޮވާނެކަމުގެ އުއްމީދު ބޮޑު: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މަޖިލިސް އިންތިހާބުން ބަލިވި ޒަރިޔަންދު ޕީއެންއެފްގެ ޓިކެޓުގައި މާލޭ މޭޔަރު ކަމަށް

1 ދުވަސް ކުރިން
team

ވީއައިއޭގެ އައު ޓާމިނަލުން ސްރީލަންކަން އެއާލައިންސަށް ހިދުމަތް ދޭން ފަށައިފި

1 ދުވަސް ކުރިން
team

ދިވެހިންގެ އެދުމަކީ މި އަހަރުގެ ކާވާ ކަޕްގެ ތަށި ގެނައުން: ނައިބު ރައީސް

1 ދުވަސް ކުރިން
team

ރޭގަނޑު 12 ގެ ފަހުން މަގުމަތީ އުޅޭ ބިދޭސީންނާ ސުވާލު ކުރަނީ

1 ދުވަސް ކުރިން
team

4000 ފުލެޓުގެ ޑައުންޕޭމަންޓަށް ރަނގަޅު ހައްލެއް ހޯދަދޭނަން: ރައީސް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy