ކ. ގުޅީފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން މީޑިއާއާ ހިއްސާކުރި މައުލޫމާތުތަކުގައިވާ ގޮތުން ގުޅީފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިފައިވާކަމުގެ މައުލޫމާތު ލިބުނީ މިއަދު 1:21 އެހާއިރު އެވެ.
އެ މީހާގެ ހަށިގަނޑު ކަނޑުން ނަގައި އައިޖީއެމް ހޮސްޕިޓަލަށް މިހާރު ގެންގޮސްފައިވާ ކަމަށާއި މަރުވެފައި އޮއްވައި ފެނިފައިވަނީ ބިދޭސީ ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ.
ނަމަވެސް އެއީ ކޮން ގައުމަކަށް ނިސްބަތް މީހެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
މިމައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން އަންނަ ބަލަމުންނެވެ.
ކޮމެންޓް