އައު ޓާމިނަލްގެ ސީ ޕްލޭން ކައުންޓަރުތަކަށް އަހުލުވެރި ކުރުވައިފި

އައު ޓާމިނަލްގެ ސީ ޕްލޭން ކައުންޓަރުތަކަށް އަހުލުވެރި ކުރުވުމަށް ބޭއްވި ޓްރަޔަލް: ފޮޓޯ/ އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އައު ޓާމިނަލްގެ ޗެކިން ކައުންޓަރުތަކުން ހިދުމަތް ދޭން ފެށުމަށް ތައްޔާރުވުމުގެ ގޮތުން، އެ ކައުންޓަރުތަކަށް އޮޕަރޭޓަރުން އަހުލުވެރި ކުރުވުމަށް ޓްރަޔަލް އެއް ބާއްވައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރި އެކްސް ޕޯސްޓެއްގައި ބުނީ އައު ޓާމިނަލްގެ ސީ ޕްލޭން ކައުންޓަރުތަކުން ހިދުމަތް ދޭން ފެށުމަށް ދެ އެއާލައިނެއްގެ އޮޕަރޭޓަރުން އަހުލުވެރި ކުރުވުމަށް ޓްރަޔަލްއެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެއީ މޯލްޑިވިއަން އާއި ފުލައިމީގެ އޮޕަރޭޓަރުންނަށެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީ ޕްލޭން އޮޕަރޭޝަން އޮތީ ރާއްޖޭގައި ކަމަށްވާއިރު، އައު ޓާމިނަލުގައި ސީ ޕްލޭނަށް ހާއްސަ 24 ޗެކިން ކައުންޓަރު ވަނީ ގާއިމުކޮށްފަ އެވެ.

‏ވީއައިއޭގެ އައު ޓާމިނަލް ހުޅުވާފައިވަނީ މި އަހަރުގެ ޖުލައި 26 ވީ ހޮނިހިރު ދުވަހު އެވެ. ‏

އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް ޒަމާނީ ހިދުމަތްތަކާ އެކު ތަރައްގީކޮށްފައިވާ މި ޓާނަލްގެ ފީޗާ ހޯލްގައި 47 ޗެކިން ކައުންޓަރު ހުންނައިރު އަމިއްލައަށް ޗެކިން ކުރެވޭ ހަ ސެލްސް ސާވިސް ޗެކިން ކިއޮސްކް ބަހައްޓާފައިވެ އެވެ.

ކޮމެންޓް

team

ފޭސް 2ގެ ރައްޔިތުންނަށް ދިމާވެފައިވާ ހުރިހާ މައްސަލަތަކެއް ހައްލުކޮށްދޭނަން: ރައީސް

10 ގަޑިއިރު ކުރިން
team

އެފްޑީސީ ފުލެޓުތަކުގެ ކުލި ރައީސް ކުޑަކޮށްދެއްވައިފި

10 ގަޑިއިރު ކުރިން
team

ގައުމު ހެޔޮ މިސްރާބަކަށް ގެންދަން ރައީސް ޑރ. މުއިއްޒު ބޭނުންވޭ:‏ ޝައިހު ޝަފީއު

14 ގަޑިއިރު ކުރިން
team

ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ: ރައީސް

19 ގަޑިއިރު ކުރިން
team

މީޑިއާ ތަކަށް މާލީ އެހީ ދިނުމުގެ ކަންކަން ‏އެމްއެމްބީސީ‏އާ ހަވާލުކޮށްފި

20 ގަޑިއިރު ކުރިން
team

ގުޅީފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

21 ގަޑިއިރު ކުރިން
team

ދެވަނަ ދައުރަކަށް ރައީސް ޑރ. މުއިއްޒު ހޮވާނެކަމުގެ އުއްމީދު ބޮޑު: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މަޖިލިސް އިންތިހާބުން ބަލިވި ޒަރިޔަންދު ޕީއެންއެފްގެ ޓިކެޓުގައި މާލޭ މޭޔަރު ކަމަށް

1 ދުވަސް ކުރިން
team

ވީއައިއޭގެ އައު ޓާމިނަލުން ސްރީލަންކަން އެއާލައިންސަށް ހިދުމަތް ދޭން ފަށައިފި

1 ދުވަސް ކުރިން
team

ދިވެހިންގެ އެދުމަކީ މި އަހަރުގެ ކާވާ ކަޕްގެ ތަށި ގެނައުން: ނައިބު ރައީސް

1 ދުވަސް ކުރިން
team

ރޭގަނޑު 12 ގެ ފަހުން މަގުމަތީ އުޅޭ ބިދޭސީންނާ ސުވާލު ކުރަނީ

1 ދުވަސް ކުރިން
team

4000 ފުލެޓުގެ ޑައުންޕޭމަންޓަށް ރަނގަޅު ހައްލެއް ހޯދަދޭނަން: ރައީސް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy