ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ދޫކުރާ ހައުސިން ޔުނިޓްތަކުގެ ކުލި ރައީސް ޑރ. މުހައްމަދު މުއިއްޒު ބޮޑުތަނުން ކުޑަކޮށްދެއްވައިފި އެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ ހުޅުމާލޭ ފޭސް2 ގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މިރޭގެ ބައްދަލުވުމުގައި އެފްޑީސީގެ ފުލެޓުތައް ލިބުނު ފަރާތްތަކުން ފާހަގަކުރި ކުއްޔާއި އެޑްވާންސްޑް ޝަކުވާތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެކަމަށް ލުޔެއް ގެނެސް ދެއްވަން ނިންމަވާފައިވާ ކަމަށެވެ.
އެގޮތުން މެއިންޓަންސްއާއި ކުލި ހިމެނޭހެން ތިން ކޮޓަރީގެ ފުލެޓަކުން މަހުން މަހަށް މިހާރު ދައްކަން އޮތް 10500 ރުފިޔާ، 10000 ރުފިޔާއަށް ކުޑަކޮށްދެއްވާ، އެޑްވާންސްޑް ޕޭމަންޓްގެ ގޮތުގައި ދައްކަން އޮތް 25000 ރުފިޔާ، 8000 ރުފިޔާއަށް ކުޑަ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ދެ ކޮޓަރީގެ ފުލެޓުތަކުގެ ކުއްޔަށް ދައްކަންޖެހޭ އަގުން 1000 ރުފިޔާ އުނިކުރެވި މަހުން މަހަށް ދައްކަންޖެހޭ ފައިސާގެ މިންވަރު 7،000 ރުފިޔާއިން 6،000 ރުފިޔާއަށް ކުޑަކުރައްވާނެކަމުގައި ވިދާޅުވި އެވެ. ހަމަ މިއާއެކު، ދެ ކޮޓަރީގެ ފުލެޓުތަކުގެ އެޑްވާންސްޑް ފައިސާގެ ގޮތުގައި ދައްކަންޖެހޭ މިންވަރަކީ ވެސް އެއް މަހުގެ ކުއްޔަށްވާ ފައިސާ ކަމުގައި ކަނޑައެޅިފައި އޮންނާނެކަމުގައި ރައީސް ވިދާޅުވި އެވެ.
ކޮމެންޓް