ދިވެހިންގެ އެދުމަކީ މި އަހަރުގެ ކާވާ ކަޕްގެ ތަށި ގެނައުން: ނައިބު ރައީސް

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް: ފޮޓޯ/ ރައީސް އޮފީސް

ދިވެހިން އެދޭ އެދުމަކީ މި އަހަރުގެ ސެންޓްރަލް އޭޝިއާ ވޮލީ ބޯލް އެސޯސިއޭޝަން (ކާވާ) ކަޕް މުބާރާތުގެ ތަށި ގެނައުން ކަމުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ މި މަހުގެ 20 އިން 25 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "ކާވާ ކަޕް ފޯ ވިމެން 2025" ގެ ޖާޒީ ދިވެހި ގައުމީ އަންހެން ވޮލީބޯޅަ ޓީމާއި ހަވާލުކޮށްދެއްވުމަށް މިއަދު މެންދުރުފަހު ޒުވާނުންގެ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

މި ރަސްމިއްޔާތުގައި ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ޖަރޒީތައް ހަވާލުކޮށްދެއްވުމަށްފަހު، ނައިބު ރައީސް ވަނީ ޓީމުގެ އެންމެހާ ކުޅުންތެރިންގެ ހުނަރަށް ތައުރީފު ކުރައްވައި، އެ ކުޅުންތެރިންނަށް ހިތްވަރު ދެއްވައި، ކާމިޔާބީއަށް އެދިވަޑައިގެންފަ އެވެ. އަދި މި މުބާރާތުގައި ދިވެހި ޓީމަށް ސަޕޯޓުކޮށްދިނުމަށް އެ މަނިކުފާނު ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، މިދިޔަ އަހަރު ކާވާ ކަޕްގައި ދިވެހި ޓީމުން ކުޅުނު ގިނަ އަދަދެއްގެ މެޗުތަކެއް ބައްލަވާލެއްވުމުގެ ނަސީބު ލިބިވަޑައިގެންނެވިކަމުގައި ވިދާޅުވި އެވެ. އަދި އެ މުބާރާތުގެ ފައިނަލް މެޗުގައި ދިވެހި ޓީމުން ދެއްކި ހިތްވަރު ގަދަ މޮޅު ކުޅުން ބައްލަވައިލެއްވުމުގެ ފުރުސަތު ވެސް ލިބިވަޑައިގެންނެވިކަން އެ މަނިކުފާނު ހާމަކުރެއްވިއެވެ.

އެ މުބާރާތުގެ ފައިނަލް މެޗުގައި ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި އެ ކުޅުންތެރިން ދެއްކި އާދަޔާ ހިލާފު ހުނަރުވެރި ކުޅުމަކީ ދިވެހިންނަށް މިހާރު މި ފަދަ މުބާރާތެއްގައި ތަށި ހައްގުވާ މިންވަރުގެ ކުޅުމެއްކަމުގައި ވިދާޅުވެ، މި އަހަރުގެ މި މުބާރާތުގައި ދިވެހިން އެދޭ އެދުމަކީ އެ ފަދަ މޮޅު ކުޅުމެއް ދައްކައި، ތަށި ގެނައުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ނައިބު ވިދާޅުވީ ދިވެހި ސަރުކާރުން ވޮލީބޯޅަ ކުރިއެރުވުމަށް ޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް، ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންގެންދަވާ ކަމަށާއި މި ކަމުގައި ދެއްވަން ޖެހޭ ހުރިހާ އެއްބާރުލުމެއް އެސޯސިއޭޝަނަށް ދެއްވަމުން ގެންދަވާނެ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި އެ ކުޅިވަރު ތަރައްގީކޮށް، ކުރިއެރުވުމަށް އަދި އިތުރު ޒުވާން ކުޅުންތެރިން އެ ކުޅިވަރުގެ ތެރެއަށް ޝައުގުވެރިކޮށް، ހުނަރުވެރި ކުޅުންތެރިން ހޯދުމަށް ޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދުވަހަކު ވެސް ވޮލީކޯޓުތައް ނޭޅޭ ފެންވަރަށް ކޯޓުތައް އެޅުމާއި އަދި ކުޅުންތެރިން އުފެއްދުމަށް ދޭންޖެހޭ ސަޕޯޓު އެކިއެކި ޖަމިއްޔާތައް މެދުވެރިކޮށް ކުޅިވަރާ ބެހޭ ވުޒާރާއިން ދެއްވަމުންގެންދަވާކަން ވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.

ކޮމެންޓް

team

ފޭސް 2ގެ ރައްޔިތުންނަށް ދިމާވެފައިވާ ހުރިހާ މައްސަލަތަކެއް ހައްލުކޮށްދޭނަން: ރައީސް

10 ގަޑިއިރު ކުރިން
team

އެފްޑީސީ ފުލެޓުތަކުގެ ކުލި ރައީސް ކުޑަކޮށްދެއްވައިފި

10 ގަޑިއިރު ކުރިން
team

ގައުމު ހެޔޮ މިސްރާބަކަށް ގެންދަން ރައީސް ޑރ. މުއިއްޒު ބޭނުންވޭ:‏ ޝައިހު ޝަފީއު

14 ގަޑިއިރު ކުރިން
team

އައު ޓާމިނަލްގެ ސީ ޕްލޭން ކައުންޓަރުތަކަށް އަހުލުވެރި ކުރުވައިފި

18 ގަޑިއިރު ކުރިން
team

ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ: ރައީސް

19 ގަޑިއިރު ކުރިން
team

މީޑިއާ ތަކަށް މާލީ އެހީ ދިނުމުގެ ކަންކަން ‏އެމްއެމްބީސީ‏އާ ހަވާލުކޮށްފި

20 ގަޑިއިރު ކުރިން
team

ގުޅީފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

21 ގަޑިއިރު ކުރިން
team

ދެވަނަ ދައުރަކަށް ރައީސް ޑރ. މުއިއްޒު ހޮވާނެކަމުގެ އުއްމީދު ބޮޑު: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މަޖިލިސް އިންތިހާބުން ބަލިވި ޒަރިޔަންދު ޕީއެންއެފްގެ ޓިކެޓުގައި މާލޭ މޭޔަރު ކަމަށް

1 ދުވަސް ކުރިން
team

ވީއައިއޭގެ އައު ޓާމިނަލުން ސްރީލަންކަން އެއާލައިންސަށް ހިދުމަތް ދޭން ފަށައިފި

1 ދުވަސް ކުރިން
team

ރޭގަނޑު 12 ގެ ފަހުން މަގުމަތީ އުޅޭ ބިދޭސީންނާ ސުވާލު ކުރަނީ

1 ދުވަސް ކުރިން
team

4000 ފުލެޓުގެ ޑައުންޕޭމަންޓަށް ރަނގަޅު ހައްލެއް ހޯދަދޭނަން: ރައީސް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy