ސ. ހިތަދޫގެ ގެއެއްގައި އަލިފާން ރޯވެ މީހުންނަށް ދިރިނޫޅެވޭ ވަރަށް އެ ގެ އަނދައިފި އެވެ.
ރޭ 8:30 އެހާއިރު ހިނިގި އަލިފާނުގެ ހާދިސާގައި އަނދައިގެން ގޮސްފައިވަނީ އެ ރަށު އާޔާވިލާ އެވެ.
އެ ހާދިސާއާ ގުޅުވައިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ، (އެންޑީއެމްއޭ) އިން ބުނީ ސ. ހިތަދޫ އާޔާވިލާގައި ރޭ ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން، ދިރިނޫޅެވޭ ވަރަށް އެ ގެއަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އެހެންވެ، އެ ގޭގައި ދިރިއުޅެމުންދިޔަ 7 މީހަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކައުންސިލާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ އަލިފާނުގެ ހާދިސާގައި އެ ގެއަށާއި މުދަލަށް ލިބުނު ގެއްލުން ބަލައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި އެންޑީއެމްއޭ އާ ގުޅިގެން ކައުންސިލުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް