މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ޓަކައި ކުރިއަށްގެންދިޔަ "މަސްވެރިންގެ ފޯރަމް" ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރ. ދުވާފަރުގައި އެ ފޯރަމް ކުރިއަށް ގެންދިޔައީ އިއްޔެއިން ފަށައިގެން މިއަދުގެ ނިޔަލަށެވެ.
މަސްވެރިންގެ ފޯރަމްގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ އިތުރުން ދުވާފަރުގެ މަސްވެރިންނާއި އެކި ރަށްރަށުގެ މަސްވެރިން ފޯރަމްގައި ބައިވެރިވި އެވެ. އެ ފޯރަމްގައި ނުވަ އަތޮޅަކުން 47 މަސްވެރިންނާއި ހަތަރު މަސް ޕްރޮސެސްކުރާ ކުންފުންޏަކުން ބައިވެރިވި އެވެ.
މަސްވެރިންގެ ފޯރަމްގެ މައިގަނޑު މަގުސަދަކީ މަސްވެރިންނާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މަސްވެރިންނަށް އެ ސިނާއަތާ ގުޅުންހުރި އެކިއެކި މައުލޫމާތު ފޯރުކޮށްދީ ސިނާއަތުގައި ހުރި ދަތިތައް ހައްލުކުރާނެ ގޮތްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމެވެ. އަދި މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް ކުރިއެރުވުމާ ގުޅޭގޮތުން ވެސް މި ފޯރަމްގައި މަޝްވަރާކޮށްފައިވެ އެވެ.
މަސްވެރިންގެ ގުންޒަރުގައި ކުރިއަށްގެންދިޔަ ސެޝަން ތަކުގައި އެމްއެންޑީއެފް ކޯސްޓް ގާޑް، އެމް.އެފް.އޯ.އާރް.އެމް.ޕީ.ސީ، އެމް.އެސް.ޕީ.އީ.އޭ އަދި ބީއެމްއެލްގެ ފަރާތުން ސެޝަންތައް ނަގައިދީފައިވެ އެވެ.
ފޯރަމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝިޔާމް ވަނީ މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް މިނިސްޓްރީން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ކޮމެންޓް