ހުޅުމާލޭގެ ހުސްބިންތަކާއި މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި 787 އުޅަނދު ފުލުހުން ޓޯ ކޮށްފި އެވެ.
ހުޅުމާލޭގެ ހުސްބިންތަކާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ ހުރި އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުތައް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ނެގުމަށް ކުރި މަސައްކަތް މިއަދު ވަނީ ނިންމާލާފަ އެވެ.
އެ މަސައްކަތް ކުރިއަށް ގެންދިޔައީ މި މަހުގެ ހަ ވަނަ ދުވަހުގެ ހެނދުނުން ފަށައިގެން މިރޭގެ 8:00 އާ ހަމައަށެވެ.
ފުލުހުން ބުނީ އެ މަސައްކަތުގައި ހުޅުމާލެ ފޭސް 1 އަދި 2 އިން ޖުމުލަ 787 އުޅަނދެއް ޓޯކޮށްފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ރެޖިސްޓްރީކޮށްފައިވާ ޒޯނާ ނުގުޅޭ ބޯޑު ހުރި 252 އުޅަނދާއި ރެޖިސްޓްރީ ނުކޮށް ނުވަތަ ބޯޑު ނެތި މަގުގައި ހުރި 186 އުޅަނދުގެ އިތުރުން މަގުމަތީގައި އަޅާނުލާ ދޫކޮށްލާފައި ހުރި 349 އުޅަނދެވެ.
ކޮމެންޓް