ހައްޖާއި އުމްރާގެ ހިދުމަތް އާ ހަރުފަތަކަށް ގެންދިޔުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ދެ ވަނަ ހައްޖު އުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ ހައްޖާއި އުމްރާގެ ހިދުމަތް އާ ހަރުފަތަކަށް ކުރިޔަށް ގެންދިއުމަށް ޓަކައި މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
ޝަހީމް ވިދާޅުވީ، ހައްޖުގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވުނު މަސައްކަތުގެ ދަށުން މައްކާ ރޫޓު އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމާއި، ހައްޖުވެރިންނަށް ހިދުމަތްދޭ ކެޓެގަރީ މަތިކުރެވުން ފަދަ މުހިއްމު ކާމިޔާބީތައް ހާސިލުކުރެވިފައިވާ ކަމަށެވެ. އަދި ހައްޖު ކޯޕަރޭޝަންގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވިގެންގޮސްފައިވާކަން ފާހަގަކުރައްވާ އެ މަނިކުފާނު ވަނީ އެ ކުންފުނީގެ ވެރިންނަށް ޝުކުރު އަދާ ކުރައްވާފަ އެވެ.
ހައްޖު ކޯޓާ އިތުރު ކުރުމަށް ކުރަމުން އަންނަ މަސައްކަތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ މި ވަގުތު ސައުދީ އަރަބިއްޔާއިން އެއްވެސް ގައުމަކަށް އިތުރު ކޯޓާ ނުދޭ ކަމަށާއި، އެއްވެސް ގައުމަކަށް އިތުރަށް ކޯޓާ ދޭ ނަމަ އެ ލިސްޓުގައި ރާއްޖެ ހިމަނާނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.
ކޮމެންޓް