އިސްރާއީލުން ހިފާފައިވާ ސީރިއަން ގޯލާން ހައިޓްސްގެ މައުންޓް ހަރްމަންއަށް ޑްރޯން ހަމަލާއެއް ދީފައިވާ ކަމަށް ހިޒްބުالله ހަނގުރާމަވެރި ޖަމާއަތުން އާދީއްތަ ދުވަހު ބުނެފިއެވެ. މި ހަމަލާ ދިނީ އެތަނުގައި ހުންނަ އިސްރާއީލުގެ ސަވައިލެންސް ސެންޓަރަށް އަމާޒުކޮށެވެ.
މިއީ، ހަމާސް ޖަމާއަތުން، އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލުގެ ދެކުނުގެ ސަރަހައްދަށް ދިން ކުއްލި ހަމަލާއާ ގުޅިގެން ޣައްޒާ ހަނގުރާމަ ފެށުނު ފަހުން ހަމާސް ޖަމާއަތުގެ ބައިވެރިއެއް ކަމަށްވާ ހިޒްބުالله އިން އިސްރާއީލުގެ އަސްކަރީ މަރުކަޒަކަށް ދިން މިފަދަ ފުރަތަމަ ބޮމުގެ ހަމަލާ ކަމަށް އެ ޖަމާއަތުން ބުނެއެވެ. ހިޒްބުالله އިން ބުނަނީ، މި އޮޕަރޭޝަންތައް ހުއްޓާލާނީ އިސްރާއީލުން ފަލަސްތީނުގައި ކުރަމުންދާ ހަނގުރާމަ ނިމުމުންކަމަށެވެ.
އިސްރާއީލުން ހިފާފައިވާ ސީރިއާގެ ގޯލާން ހައިޓްސްގެ އެހެން ސަރަހައްދުތަކަށް ތަކުރާރުކޮށް ހަމަލާ ދިން ނަމަވެސް، ހިޒްބުالله ޖަމާއަތުން ބުނީ މިއީ އިސްރާއީލުގެ ބާރުގެ ދަށުގައި ވާ ސަރަހައްދުގައި ހުރި އަސްކަރީ ޓާގެޓަށް ހަމަލާދިން ފުރަތަމަ ފަހަރު ކަމަށެވެ.
ސޫރިޔާގެ ވެރިރަށް 1973 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އަރަބި-އިސްރާއީލު ހަނގުރާމައިން ފެށިގެން ގިނަ ޤައުމުތަކެއް މޮނިޓަރ ކުރަމަށާއި ސޫރިޔާގެ ވެރިރަށް ބެލުމަށް، މައުންޓް ހަރމޮންގައި އިސްރާއީލުގެ މުހިންމު ސަވައިލަންސް، ޖާސޫސީ އަދި ވައިގެ ދިފާޢީ މަރުކަޒުތައް ހުރެއެވެ.
ހިޒްބުالله ޖަމާއަތާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް މަޑުމަޑުން ހޫނުވަމުން އަންނަތާ އެތައް މަހެއް ވެފައިވާއިރު، ފުލް ސްކޭލް ހަނގުރާމައެއް ހިނގައިދާނެ ކަމުގެ ބިރު ހީވެ، އެ ހަނގުރާމައިން ސަލާމަތްވާން ބޭނުންވާ ކަމަށް ދެ ފަރާތުން ވެސް ބުނަމުން އަންނަ އިރު، އެކަން ހުއްޓުވުމަށް ޑިޕްލޮމެޓުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ހިޒްބުاللهއިން ހަމަލާތައް ވަރުގަދަކޮށް، ގިނަ އަދަދެއްގެ ގޮވާތަކެއްޗާއެކު ޑްރޯން ފޮނުވައި، އާ ވައްތަރެއްގެ ރޮކެޓެއް ބޭނުންކޮށް، އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކަށް އަމާޒުކޮށް ފުރަތަމަ ފަހަރަށް ހަމަލާދީ، އެކަން އިއުލާނުކޮށްފައި ވާކަމަށް ހިޒްބުاللهގެ ހަތިޔާރާ ބެހޭ މައުލޫމާތު ހުރި މަސްދަރުތަކުން ބުނެ އެވެ.
ހަމަނުޖެހުންތައް އިތުރުވެ މަޝްރަހު ހޫނު ވުމުގެ ޒިންމާ ހިޒްބުاللهގެ ބޮލުގައި އިސްރާއީލުން އަޅުވާ އިރު، ބޯޑަރުގެ ސަލާމަތީ ކަންކަން އަލުން އިއާދަކުރުމަށް މަސައްކަތް ކުރާނެކަމަށް އިޒްރޭލުން ވަނީ ބުނެފައެވެ. ހިޒްބުالله އިން އެންމެ ފަހުން ދިން ހަމަލާއާ ގުޅޭ ގޮތުން އިޒްރޭލުގެ ދިފާއީ ބާރުތަކުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ކޮމެންޓް