19 އަހަރަށްފަހު އެމްޑީޕީ ދޫކޮށްލީ ސަބަބެއް އޮވެގެން، ޙުސްނީ އިންތިހާބު ކުރަން މިހުރީ ސާބިތުވެ - އަލީ މާޖިދު

އަލީ މާޖިދު

ނަވާރަ އަހަރަށްފަހު އެމްޑީޕީގައި ޚިދުމަތް ކުރުމަށް އެ ޕާޓީ ދޫކޮށްލީ ސަބަބެއް އޮވެގެން ކަމަށާއި، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ނިކުމެ މި ހުރީ ޙުސްނީ އިންތިހާބު ކުރުމަށް ސާބިތުވެ ކަމަށް ނިމިދިޔަ ސަރުކާރުގައި ޑެޕިއުޓީ މިނިސްޓަރކަމުގެ މަޤާމު ފުރުއްވި ޢަލީ މާޖިދު ވިދާޅުވެއްޖެއެވެ. 

ޢަލީ މިހެން ވިދާޅުވީ، މިހާރު މަނަދޫގައި ކުރިއަށްދާ ޙުސްނީގެ ކެމްޕެއިން ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލުނީ ރައީސް އިބްރާޙިމް މުހައްމަދު ވެލެއްވި ވަޢުދުތައް ނުފުދުމުން ކަމަށާއި، މަސައްކަތުގެ ސްޕީޑް ހުރި މިންވަރުން އެކަންކަން ފުރިހަމަ ނުވުމުން ކަމަށްވެސް ޢަލީ މާޖިދު ވިދާޅުވިއެވެ.

އަޅުގަނޑު ޕީއެންސީއާ ގުޅުމުން ތިބޭފުޅުން ކިޔުއްވި ޙޫނު މަރުޙަބާ އަކީ އަޅުގަނޑުގެ ހިތުން ފިލައިގެން ދާނެ ކަމެއް ނޫން. އެމްޑީޕީ ސަރުކާރު ބަލިވީ ރައްޔިތުން އުއްމީދު ކުރިވަރާ ގާތަށްވެސް ކަންކަން ނުވުމުން. އަޅުގަނޑުމެން އެކަމާ ލަދުވެރިވެ ޕާޓީ ދޫކޮށްލަން މަޖުބުރިވީ - ޢަލީ މާޖިދު

ކުރިއަށް އޮތް މަޖިލިސް އިންތިހާބު ކާމިޔާބު ކުރެއްވޭނެ ބޭފުޅަކީ ޙުސްނީ ކަމަށާއި، ރައީސް ޑރ މުހައްމަދު މުޢިއްޒަކީ ރާއްޖެއަށް ތަރައްޤީ ގެނެވޭނެ ޤާބިލް ބޭފުޅެއް ކަމަށެވެ. 

ގިނަ އަދަދެއްގެ ބަޔަކާއެކު ފެށި މި ޖަލްސާ ހިނގަމުންދަނީ މަނަދޫގެ ބަނދަރު ސަރަހައްދުގައެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ދާއިރާގެ ތިން ރަށުންވެސް ބުނަމުން ދަނީ މި ދާއިރާގެ ގޮނޑި މިފަހަރު ދޭނީ ސަރުކާރަށް ކަމަށެވެ. މަނަދޫ ދާއިރާގައި ހިމެނޭ މާފަރު މަނަދޫ ލަންދޫންވެސް ޙުސްނީއަށް ބޮޑު ތާޢީދެއް އޮތްއިރު، ދާދިފަހުން ވަނީ ލަންދޫ އަދި މާފަރުގައިވެސް ކެމްޕެއިން ބޮޑު ޖަލްސާއެއް ބާއްވާފައެވެ. 

ޙުސްނީ އަކީ ޤާނޫނީ ދާއިރާގައި 13 އަހަރުގެ ތަޖުރިބާ ހުރި ޢިލްމީ ޤާބިލް ބޭފުޅެކެވެ. މުޅި ދާއިރާއަށް ޙުސްނީ ވަޢުދުވެލައްވަނީ، ދިވެހީން ސަލާންޖަހަން ނުޖެހޭ ނިޒާމެއް ބިނާ ކުރުމާއި، އެއްވެސް ރައްޔިތެއްގެ ކަމެއްގައި ފަސް ނުޖެހުމާއި، ދިވެހީންނަށް ޖަވާބުދާރީވާނެ މަޖިލީހެއް އުފެއްދުމަށެވެ. 

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy