އެ މަރުުގެ ހަޤީޤަތް މަރީ ކިޔައިދިނީ އެރެއަށްފަހު

—

އެއީ ޤުދުރަތީ މަރެއް ކަމަށް ޤަބޫލުކުރަން ދައްޗެވެ. ބަޔަކު މީހުން އޭނާ މަރާލީއެވެ. ކުލުނެއް ރަޙުމެއް ނެތި އެ ޤަތުލް ކުރީ އަހަރެން އެންމެ ލޯބިވާ ފުރާނައެވެ. ހަމަ ހިލާ ސަލާމަތްވިޔަކަ ނުދޭނަމެވެ. ޤާތިލްގެ ފަރާތުންް ބަދަލު ހިފާނަމެވެ

IMG_3898.jpeg

މަޝްހޫރު ލިޔުންތެރިޔާ މަރިޔަމް މޫސާ (މަރީ) މި ކިޔައިދެނީ މިމަހު 11 ވަނަ ދުވަހު އެމްއެސްޓީވީން ދެއްކުމަށް ހަމަޖެހިފައިިވާ އެރެއަށްފަހު ޑްރާމާ ސީރީޒް ބަލަން ޖެހޭ އެއްސަބަބެވެ.

ފިމްލީ ދާއިރާގައި މަޝްހޫރު ޕރޮޑިއުސަރ މުޙައްމަދު ޢަބްދުﷲ (މުޙައްމާ) ޕްރޮޑިއުސްކޮށް، ޔޫސުފް ޝަފީޢު (ޔޫއްޕެ) ޑައިރެކްޓްކޮށްފައިވާ ދިވެހި ސީރީޒް، އެރެއަށްފަހު މި މަހުގެ 11 ގައި މީޑީޔާނެޓުގެ އެމްއެސްޓީވީން ދައްކާގޮތަށް ވަނީ ހަމަޖެހިފައެވެ.

15 އެޕިސޯޑުގެ މައްޗަށް އެކުލެވޭ މި ސީރީޒްއާ ގުޅޭގޮތުން ދެލި އޮންލައިންއަށް މަޢުލޫމާތު ދެއްވަމުން މި ސީރީޒްގެ ޑައިރެކްޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ) ބުނީ، މިއީ ވަރަށް މޮޅު ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ ސީރީޒްއެއް ކަމަށާއި، މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން މިއީ އެންމެ ފުރިހަމަ އެއް މަސައްކަތް ކަމަށެވެ.

IMG_3899.jpeg

މި ވާހަކަ އަކީ މަޝްހޫރު ލިޔުންތެރިޔާ މަރިޔަމް މޫސާ (މަރީ)ގެ ވާހަކައަކަށް އުފައްދާފައިވާ ސިލްސިލާއެއް. ސްކްރީން ޕްލޭވެސް ތައްޔާރު ކޮށްފައިވަނީ މަރީ. މީހެއްގެ މަރުގެ ހަޤީޤަތް ދެނެގަތުމަށްޓަކައި އޭނާގެ އާއިލާއިން ކުރަމުންދާ މަސައްކަތާއި، އެ މަސައްކަތުގެ ތެރެއިން ދިމާވާ އެކި އެކި ހާދިޘާތަކެއްގެ މައްޗަށް މުޅި ސީރީޒް ބިނާވެފައިވަނީ. އެންމެ ހާއްޞަ ކަމެއްގެ ގޮތުގައި ފާހަގަ ކޮށްލެވޭ ކަމަކީ، ކޮންމެ އެޕިސޯޑެއްގައިވެސް ވަކި ހާދިޘާއެއް އެކުލެވޭކަން – ދެލި އޮންލައިނާ ވާހަކަ ދައްކަމުން ޔޫއްޕެ ބުންޏެވެ.

އިތުރަށް ޔޫއްޕެ ބުނީ، ކޮންމެ ސީރީޒްއެއް ނިމޭއިރު ދެން އަންނަ ސީރީޒް ބަލާލުމަށްޓަކައި ބެލުންތެރިންގެ ޝައުޤުވެރިކަން ހުންނާނެކަމާމެދު ޝައްކު ނުކުރާ ކަމަށާއި، މިއީ ވަރަށް ގިނަ ސަސްޕެންސްތަކެއްގެ މައްޗަށް އެކުލެވޭ މޮޅު ޑްރާމާއެއް ކަމަށެވެ.

އެރެއަށްފަހުގެ ލީޑްރޯލް ކުޅެނީ އާޝާއާ ޔޫއްޕެއެވެ. މީގެ އިތުރުން ޝިފާއާ ޖިމީވެސް ސަޕޯޓިންގ އެކްޓްރެސްއެއްގެ ގޮތުގައި ފެނިގެންދާނެއެވެ.

މި ފިލްމުގެ ޕޯސްޓް ޕރޮޑަކްޝަންގެ މަސައްކަތްވެސް ކުރަނީ ޔޫއްޕެއެވެ.

ކޮމެންޓް

team

"ދެވި" މާދަމާ ރޭ އޮލިމްޕަހަށް، 1 އޮކްޓޯބަރުން ފެށިގެން ރަށްރަށަށް

3 ގަޑިއިރު ކުރިން
team

ފުރަތަމަ ފަހަރަށް ރާއްޖޭގެ ގައުމީ ދާރުލް އާސާރުގެ މައުރަޒެއް ޗައިނާގައި

3 ގަޑިއިރު ކުރިން
team

ރާއްޖެ އާއި ކްރޮއޭޝިއާއާ ދެމެދު ޕޮލިޓިކަލް ކޮންސަލްޓޭޝަން އެއްބަސްވުމެއް!

1 ދުވަސް ކުރިން
team

އާ ރިހެބުން ލިބޭނީ ފެންވަރު ރަނގަޅު ފަރުވާ: އިހުސާން

1 ދުވަސް ކުރިން
team

އައްޑޫ ލިންކް ރޯޑް ތަރައްގީކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

1 ދުވަސް ކުރިން
team

ހިންމަފުށީ ޑުރަގު ރިހެބިލިޓޭޝަން ސެންޓަރުގެ އައުއިމާރާތުގެ ބިންގާ އަޅައިފި

1 ދުވަސް ކުރިން
team

އެމްއޭސީއެލުން އަޔާޓާ އެކްރެޑިޓޭޝަން ކާމިޔާބު ކަމާއެކު އައުކޮށްފި

1 ދުވަސް ކުރިން
team

"ސައުދީއަކީ އަބަދުވެސް ރާއްޖެއިން ނުހަނު އިތުބާރުކުރާ، ގަދަރުވެރި ބައިވެރިއެއް"

1 ދުވަސް ކުރިން
team

ފުވައްމުލަކަށް ޑުރަގު އެތެރެކުރަނިކޮށް އަތުލައިގެންފި

1 ދުވަސް ކުރިން
team

ބުރިޖު މަތިން ކަނޑަށް ފުންމާލި މީހަކު، ސަލާމަތް ކޮށްފި

1 ދުވަސް ކުރިން
team

ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

1 ދުވަސް ކުރިން
team

ރާއްޖެއާއި ސައުދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ފެށެމުން އެބަދޭ: ރައީސް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy