އެރެއަށްފަހު ކަންވީ ގޮތާއި ކަމުގެ ހަޤީޤަތް، ޖުލައި 11 ގައި ހާމަވަނީ!

--

ފިމްލީ ދާއިރާގައި މަޝްހޫރު ޕރޮޑިއުސަރ މުޙައްމަދު ޢަބްދުﷲ (މުޙައްމާ) ޕްރޮޑިއުސްކޮށް، ޔޫސުފް ޝަފީޢު (ޔޫއްޕެ) ޑައިރެކްޓްކޮށްފައިވާ ދިވެހި ސީރީޒް، އެރެއަށްފަހު މި މަހުގެ 11 ގައި މީޑީޔާނެޓުގެ އެމްއެސްޓީވީން ދައްކާގޮތަށް ހަމަޖެހިއްޖެއެވެ.

15 އެޕިސޯޑުގެ މައްޗަށް އެކުލެވޭ މި ސީރީޒްއާ ގުޅޭގޮތުން ދެލި އޮންލައިންއަށް މަޢުލޫމާތު ދެއްވަމުން މި ސީރީޒްގެ ޑައިރެކްޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ) ބުނީ، މިއީ ވަރަށް މޮޅު ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ ސީރީޒްއެއް ކަމަށާއި، މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން މިއީ އެންމެ ފުރިހަމަ އެއް މަސައްކަތް ކަމަށެވެ.

މި ވާހަކަ އަކީ މަޝްހޫރު ލިޔުންތެރިޔާ މަރިޔަމް މޫސާ (މަރީ)ގެ ވާހަކައަކަށް އުފައްދާފައިވާ ސިލްސިލާއެއް. ސްކްރީން ޕްލޭވެސް ތައްޔާރު ކޮށްފައިވަނީ މަރީ. މީހެއްގެ މަރުގެ ހަޤީޤަތް ދެނެގަތުމަށްޓަކައި އޭނާގެ އާއިލާއިން ކުރަމުންދާ މަސައްކަތާއި، އެ މަސައްކަތުގެ ތެރެއިން ދިމާވާ އެކި އެކި ހާދިޘާތަކެއްގެ މައްޗަށް މުޅި ސީރީޒް ބިނާވެފައިވަނީ. އެންމެ ހާއްޞަ ކަމެއްގެ ގޮތުގައި ފާހަގަ ކޮށްލެވޭ ކަމަކީ، ކޮންމެ އެޕިސޯޑެއްގައިވެސް ވަކި ހާދިޘާއެއް އެކުލެވޭކަން – ދެލި އޮންލައިނާ ވާހަކަ ދައްކަމުން ޔޫއްޕެ ބުންޏެވެ.

އިތުރަށް ޔޫއްޕެ ބުނީ، ކޮންމެ ސީރީޒްއެއް ނިމޭއިރު ދެން އަންނަ ސީރީޒް ބަލާލުމަށްޓަކައި ބެލުންތެރިންގެ ޝައުޤުވެރިކަން ހުންނާނެކަމާމެދު ޝައްކު ނުކުރާ ކަމަށާއި، މިއީ ވަރަށް ގިނަ ސަސްޕެންސްތަކެއްގެ މައްޗަށް އެކުލެވޭ މޮޅު ޑްރާމާއެއް ކަމަށެވެ.

އެރެއަށްފަހުގެ ލީޑްރޯލް ކުޅެނީ އާޝާއާ ޔޫއްޕެއެވެ. މީގެ އިތުރުން ޝިފާއާ ޖިމީވެސް ސަޕޯޓިންގ އެކްޓްރެސްއެއްގެ ގޮތުގައި ފެނިގެންދާނެއެވެ.

މި ފިލްމުގެ ޕޯސްޓް ޕރޮޑަކްޝަންގެ މަސައްކަތްވެސް ކުރަނީ ޔޫއްޕެއެވެ.

ކޮމެންޓް

team

ފުވައްމުލަކުގައި 10 ބުރީގެ އޮފީސް އިމާރާތެއް އަޅަން އެމްޓީސީސީ އަށް

5 ގަޑިއިރު ކުރިން
team

އެމްއައިބީގެ ޑިރެކްޓަރުންގެ ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

7 ގަޑިއިރު ކުރިން
team

ކުނަހަންދޫ އައުޓްޑޯ ވޮލީ ކޯޓު ނިމުމަކާ ގާތަށް

8 ގަޑިއިރު ކުރިން
team

ފެނާއި ނަރުދަމާގެ ހިދުމަތް ފުޅާކުރުމަށް ސްޓެލްކޯއާ 6 މަޝްރޫއުއެއް ހަވާލުކޮށްފި

9 ގަޑިއިރު ކުރިން
team

ގެމަނަފުށި ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

9 ގަޑިއިރު ކުރިން
team

އައު މެންބަރުންނާއެކު ޕެރޯލް ބޯޑު އެކުލަވާލައިފި

9 ގަޑިއިރު ކުރިން
team

22 ރަށެއްގައި ތަރައްގީގެ މަޝްރޫއުތަކެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

9 ގަޑިއިރު ކުރިން
team

އަގުހުރި އިނާމުތަކާއެކު ބީއޭއެމްއެލް ކާނިވާ މާދަމާ ފަށަނީ

9 ގަޑިއިރު ކުރިން
team

މިމަހުގެ 11 އަދި 12 ވަނަ ދުވަހު އުތީމު ގަނޑުވަރު ބަންދު ވާނެ

10 ގަޑިއިރު ކުރިން
team

ނިލަންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ބާރަށް ކުރިއަށް

12 ގަޑިއިރު ކުރިން
team

އެމްޑަބްލިޔުއެސްސީން އައްޑޫ ފެނުގެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަޝްރޫއުގެ ‏32‏ ޕަސެންޓް ނިންމައިފި

12 ގަޑިއިރު ކުރިން
team

އެލްޖީއޭގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވައިލައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy