ޙުސްނީ
ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ޓިކެޓުގައި މަނަދޫ ދާއިރާއަށް ވާދަ ކުރައްވާ އަލްއުސްތާޛު ޙުސްނީ މުބާރިކްގެ ކެމްޕެއިން ބޮޑު ޖަލްސާ ފަށައިފިއެވެ.
ގިނަ އަދަދެއްގެ ބަޔަކާއެކު ފެށި މި ޖަލްސާ ހިނގަމުންދަނީ މަނަދޫގެ ބަނދަރު ސަރަހައްދުގައެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ދާއިރާގެ ތިން ރަށުންވެސް ބުނަމުން ދަނީ މި ދާއިރާގެ ގޮނޑި މިފަހަރު ދޭނީ ސަރުކާރަށް ކަމަށެވެ. މަނަދޫ ދާއިރާގައި ހިމެނޭ މާފަރު މަނަދޫ ލަންދޫންވެސް ޙުސްނީއަށް ބޮޑު ތާޢީދެއް އޮތްއިރު، ދާދިފަހުން ވަނީ ލަންދޫ އަދި މާފަރުގައިވެސް ކެމްޕެއިން ބޮޑު ޖަލްސާއެއް ބާއްވާފައެވެ.
ޙުސްނީ އަކީ ޤާނޫނީ ދާއިރާގައި 13 އަހަރުގެ ތަޖުރިބާ ހުރި ޢިލްމީ ޤާބިލް ބޭފުޅެކެވެ. މުޅި ދާއިރާއަށް ޙުސްނީ ވަޢުދުވެލައްވަނީ، ދިވެހީން ސަލާންޖަހަން ނުޖެހޭ ނިޒާމެއް ބިނާ ކުރުމާއި، އެއްވެސް ރައްޔިތެއްގެ ކަމެއްގައި ފަސް ނުޖެހުމާއި، ދިވެހީންނަށް ޖަވާބުދާރީވާނެ މަޖިލީހެއް އުފެއްދުމަށެވެ.
މި އިންތިހާބުގައި ޖުމްލަ 4 ކެނޑިޑޭޓެއް ވާދަކުރައްވާއިރު، އިންތިހާބުގެ ޕްލެޖް ދައްކާގޮތުން ޙުސްނީ އުޅުއްވަނީ މާ ކުރީގައެވެ. މާފަރު ރައްޔިތުން އެންމެ ބޮޑަށް އެދެމުން ދިޔަ އެ ރަށުގެ އިޙްތިޞާ އަނބުރާ އިޢާދަކށްދެއްވުމާއި، މާފަރުގެ ހިއްކި ބިމަށް އިތުރުކޮށްދިން 5 ހެކްޓަރުގެ ބިމާއެކު ރަށޫގެ ރައްޔިތުން ނިންމާފައިވަނީ މި ފަހަރު ޙުސްނީ ނޫން ބޭފުޅަކު ދާއިރާގެ މަޖިލިސް ގޮނޑިއަށް އިންތިހާބު ނުކުރުމަށެވެ. ހަމައެގޮތަށް ލަންދޫ މަނަދޫއަށްވެސް ޑރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމުގައި ސާބިތުކަމާއެކު ހުންނަވާނެ ކަމަށް ޙުސްނީ ވަނީ ވަޢުދުވެލައްވާފައެވެ.
ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި މަގުމަތީ ހިނގާލުން ރައީސް ޝަރަފުވެރިކޮށްދެއްވައިފި
ރައީސް ދެއްވަނީ ޖާގައާ ވަސީލަތުގެ ގޮތުން އެމްއެންޔޫއަށް ކުރިއެރުން ހޯދަދޭނެ ކަމުގެ ޔަގީންކަން
ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި
ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި
ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް
މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް
މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި
ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް
ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު
ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ
ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި
ކޮމެންޓް