ކުރިއަށް އޮތް ހައްޖު މޫސުމަށް، ކޯޕަރޭޝަން ތައްޔާރު!

---

ކުރިއަށް އޮތް ޙައްޖު 1447 އަށް ފުރިހަމަ އަށް ތައްޔާރުވުމަށް ސަޢޫދީޢަރަބިއްޔާގެ ކަމާއި ގުޅޭ އެކިއެކި ވުޒާރާތަކާއި މުވައްސަސާތަކުން ތައްޔާރުވަމުން ދާ މި ދަނޑިވަޅުގައި ދުނިޔޭގެ މުސްލިމުން ދިރިއުޅޭ ހުރިހާ ކަންކޮޅުތަކުންވެސް އެޤައުމުތަކުން ވަމުންދާ ތައްޔާރީތަކެކޭ އެއްފަދައިން ދިވެހިރާއްޖެ އިން ވެސް މިވަނީ އެކަމަށް ތައްޔާރުވާން ފަށާފައެވެ. 

އެގޮތުން ދިވެހިރާއްޖެ އިން ޙައްޖަށް މީހުން ގެންދިއުމަށް ދިވެހި ސަރުކާރުން މަތިކޮށްފައިވަނީ ހަމައެކަނި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި ކަމުން އެކަމަށް ޓަކައި އެ ކުންފުނިން ވަނީ ކުރިއަށް އޮތް ޙައްޖަކީ އެހެނިހެން އަހަރުތަކުގެ ތަޖުރިބާގެ އަލީގައި ފުރިހަމަ އަދި ކާމިޔާބު ޙައްޖަކަށް ހެދުމަށްޓަކައި މިހާރުން ފެށިގެން މަސައްކަތް ފަށާފައެވެ.

އެގޮތުން ސަޢުދީ ސަރުކާރުން ނަގަންޖެހޭ ބައެއް ހުއްދަތައް ނަގައި، މިނާ އަދި ޢަރަފާތުގެ ރަނގަޅު ޙިސާބަކުން ޙައްޖު ދުވަސް ވަރުގައި ޙައްޖުވެރިން މަޑުކުރުމަށް ފޭލިގެ ޖަހަން ބިން ހޯދުމަށްޓަކައި ސަޢުދި ޢަރަބިއްޔާގެ ވުޒާރަތުލް ޙައްޖުގެ ކަމާއި ގުޅޭ އިސް ފަރާތްތަކާއެކު ބައްދަލުވުން ތަކެއް ބޭއްވުމަށް ޓަކައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަ މުޙައްމަދު ޝަކީލް، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛް ޢަލީ ޝަރީފް އަދި ޙައްޖު ޢުމްރާ އޮޕަރޭޝަންސް މެނޭޖަރ އަލްފާޟިލް ޢިރުފާން އަންވަރު ވަނީ މި މަހުގެ ކުރީކޮޅު ސަޢުދީޢަރަބިއްޔާ އަށް ޒިޔާރަތް ކުރައްވާފައެވެ. އަދި މިދަތުރުގައި ޙައްޖުގެ އެކިއެކި ޚިދުމަތްތައް ފޯރުކޮށްދޭ އެކިއެކި ފަރާތްތަކާއި އެކު ބައްދަލުވުން ތައް ބޭއްވިފައިވެއެވެ. 

މީގެ އިތުރުން ކުރިއަށް މިއޮތް ޙައްޖަށް ކިއުލިސްޓުގައި ހިމެނިވަޑައިގެންފައިވާ ފަރާތްތަކަށް ފާއިތުވި ބުދަ ދުވަހުން ފެށިގެން މިހާރުވަނީ ހޮވުނުކަމުގެ ލިޔުން ޙަވާލު ކުރަންފަށާފައެވެ. އެހެންކަމުން މީގެ 8 ވަރަކަށް މަސް ފަހުން ޙައްޖަށް ވަޑައިގެންނެވުމަށް ހޮވިވަޑައިގެންފައިވާ ފަރާތްތައް ވެސް މި މުހިއްމު ރޫޙާނީ ދަތުރަށް ވާންޖެހޭ ތައްޔާރީތަކެއް ހުންނާނެއެވެ. އެހެން ކަމުން އެކަމާއި ގުޅޭ ބައެއް ވާހަކަ ތަކަށް މި ލިޔުމުގައި ޙިއްޞާކޮށްލާނަމެވެ. 

ނަފްސާނީ ގޮތުން ނާއި ޖިސްމާނީ ގޮތުން ތައްޔާރުވުން: 

  1. ސިކުނޑި އެކަމަށް ތައްޔާރުކޮށް ޙައްޖަކީ އެކަމުގައި ތަކްލީފް ތަކެއް އުފުލަން ޖެހޭނެ ކަމެއްކަން ޤަބޫލުކޮށް އެކަންކަމަށް ދުރާލާ ތައްޔާރުވުން އެގޮތުން ހަށިގަނޑަށް ފައިދާހުރި ރަނގަޅު ކާބޯތަކެތި ކައިބޮއި ހަދާ ކޮންމެ ދުވަހަކު ވެސް ހެނދުނާއި ހަވީރު ކޮންމެވެސް ވަރަކަށް ހިނގަން ނިކުމެ ހެލިފެލިވެ އުޅެ ކަސްރަތުކޮށް، އަބަދުވެސް ކުރިމަތިވެދާނެ ތަކްލީފްތަކަށް ދުރާލާ ތައްޔާރުވެތިބުން. 

  1. އަދި އޭގެ އިތުރުން ޙައްޖަކީ ހަމައެކަނި ޖިސްމާނީ ދަތުރެއް ނޫންކަން ޤަބޫލުކޮށް އަބަދުވެސް ކެތްތެރިކަން އިސްކުރަން ޖެހޭ ޙާލަތްތައް މެދުވެރިވާނެ ކަން ޤަބޫލުކޮށް އެފަދަކަންކަމަށް ސިކުނޑިހޭނުވުން. 

 އަޅުކަމާއި ގުޅޭ ފިޤްހީ ޙުކުމްތަކާއި ދީނީ މަޢްލޫމާތު ހޯދާ ބެލުން.: 

  1. ޙައްޖު ޢުމްރާގެ އަޅުކަންތަކާއި ގުޅޭ މަޢްލޫމާތު ހިތުގައި ބިންވަޅު ނެގިފައިވުމަކީ ކޮންމެ ދަތުރުވެރިއަކަށް ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން ދީނީ ފޮތްތައް ކިޔައި ޝެއިޚުންގެ ދަރުސްތައް އަޑު އައްސަވާ، ބައްލަވާ ޢިލްމުވެރިންގެ އަރިހަށް ވަޑައިގެން ޙައްޖާއި ގުޅޭ ދީނީ މަޢްލޫމާތު އޮޅުން ފިލުވާފައި އޮތުމީ ދަތުރުގެ ފައިދާ ފުރިހަމަ ގޮތުގައި ހިފި ރޫޙާނީ ގޮތުން ވެސް ދަތުރަށް އިތުރު މޮޅު އިތުރުކަމެއް ލިބިގެން ދާނޭ ކަމެއް ކަމުގައި ވާނެއެވެ. 

މާލީ ގޮތުން ތައްޔާރުވުން: 

  1. އެއްވެސް ބޭފުޅެއްގެ ދަރަންޏެއް އޮތްކަމަށް ވާނަމަ ޙައްޖަށް ވަޑައިގަތުމުގެ ކުރިން އެދަރަނިތައް އަދާކޮށް ނިންމަން ނުވަތަ އަދާކުރާނޭ ގޮތްތަކެއް ރާވާ ހަމަޖެއްސުމަކީވެސް ކުރެވިދާނެ ކަމެކެވެ. 

  1.  އަދި ޙައްޖުގެ ދަތުރުގައި އުޅުއްވާއިރު އެހެނިހެން ދަތުރުތަކާއި ޚިލާފަށް ހުރުމާއި، ކެއުން ބުއިމާއި ޢާއްމު ދަތުރުތައް އަދި ހަދްޔުކަތިލުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ޙައްޖުގެ އަގުގެތެރެއިން ކޮށްދިން ކަމުގައިވިޔަސް ޛާތީ ބައެއް ކަންކަމަށް ޚަރަދުކުރުމުގެ އިތުރުން، ޢާއިލާ އަދި ގާތްތިމާގެ ފަރާތްތަކަށް ހަދިޔާގަތުމަށް ކޮންމެވެސް ވަރެއްގެ ދަތުރު ބަޖެޓެއް ހަދާފައި އޮތުމަކީ ދަތުރަށް ތައްޔާރުވުމުގެ ގޮތުން ކުރެވިދާނެ ކަމެކެވެ.  

  1. ކަނޑައެޅިފައިވާ ތާރީޚު ތަކުގެ ކުރިން އެމްއެމްއޭ އިންނާއި ބޭންކޮފްމޯލްޑިވްސް އިން އަންގާ ގޮތެއްގެ މަތިން ދަތުރު ޑޮލަރު ގަތުމުގެ ކަންކަން ހަމަޖެއްސުން. 

ލިޔެކިޔުންތައް ފުރިހަމަ ކުރުން:  

  1. ދަތުރުގެ ޓިކެޓާއި ވިސާ މޯލްޑިވްސް ޙައްޖުކޯޕަރޭޝަނުން ކޮންމެ ބޭފުޅަކަށްވެސް ދެއްވާނެއެވެ. 

  1. ޤައުމުން ބޭރަށް ދަތުރަކަށް ފެށޭނީ ކޮންމެ ބޭފުޅެއްގެ ވެސް ޕާސްޕޯޓު އޮވެގެންކަން އަޅުގަނޑުމެން ކޮންމެ ބޭފުޅަކަށްވެސް އެނގޭކަމެކެވެ. ހަމަ އެގޮތަށް ޕާސްޕޯޓުގައި ވަކި މުއްދަތެއް ބާކީ އޮތުމަކީ ވެސް ކޮންމެހެން ލާޒިމް ކަމެއް ކަމުގައި ވާތީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ވަނީ މިއަހަރު ޙައްޖަށް ވަޑައިގަންނަވާ ކޮންމެ ޙާޖީއެއްގެ ޕާސްޕޯޓުގެ މުއްދަތު 16 ނޮވެންބަރު 2026 އާއި ހަމަ އަށް މަދުވެގެން އޮންނަންވާނެ ކަމަށް ކަނޑައަޅައިފައެވެ. އެހެންކަމުން އެ ތާރީޚުގެ ކުރިން ޕާސްޕޯޓުގެ މުއްދަތު ހަމަވާ ފަރާތެއް ހުންނެވިނަމަ ޕާސްޕޯޓު އާ ކޮށްލެއްވުމަށް ސަމާލުކަން ދެއްވަން ވާނެއެވެ.  

  1. އަދި ކަނޑައެޅިފައިވާ ތާރީޚު ތަކުގެ ކުރިން މެޑިކަލް ލިޔެކިޔުންތައް ނިންމާ ހުށައަޅާ އަދި ދަތުރުގައި ގުރޫޕް ކުރެއްވުމަށް ހަމަޖެހިފައިވާ ގުރޫޕް ފޯރމް ހުށައަޅުއްވަން ވާނެއެވެ. 

  1. އަދި ޙައްޖުވެރިޔާ އާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި ދެމެދުވެވޭ ޙައްޖު އެއްބަސްވުމުގައި ސޮއި ކުރަންވާނެއެވެ.

  1. އެބޭފުޅެއްގެ ޒާތީ މެޑިކަލްގެ އެންމެ ފަހުގެ ލިޔެކިޔުންތައް އަބަދުވެސް ފައިލްކުރެވި އަތުގައި ބެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން އެތަކެތި އަތްމަތީ ގައި ބަހައްޓަވަން ހަނދުމަފުޅު ބަހައްޓަވާށެވެ. 

އަތްމަތީގައި ކޮންމެހެން ހުންނަންޖެހޭ ބައެއް ސާމާނު: 

  1. ފިރިހެންބޭފުޅުން ގެ އިޙްރާމް، އަދި ދެ ޖިންސުގެ ބޭފުޅުންވެސް ބޭނުންކުރުމަށް ފަސޭހަ ފައިވާނާއި ބޫޓު، ބޭނުންކުރާނެ އަރާމު ސްޓާކީން އަދި ދަތުރުގެ މުއްދަތަށް ފުދޭ މިންވަރަށް ޠާހިރުވެ ރީތިވުމަށް ބޭނުންވާނެ ސާމާނު އަތުގައި ބެހެއްޓުން، އަދި ކުއްލި ޙާލަތެއްގައި ބޭނުން ކުރަންޖެހިދާނެ ބޭސް ގެންގުޅުން. އަދި ދިވެހިންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ބައެއް ލުއިކާނާ ފަދަތަކެތި ދަތުރަށް ބޭނުންވާ ވަރަށް ގެންދިއުން. 

މި ހުރިހާ ކަމަކަށް ސަމާލުކަން ދެއްވައިގެން ދަތުރަށް ތައްޔާރުވެއްޖެ ކަމަށް ވާނަމަ އެފަދަ ދަތުރަކީ ތަކްލީފު ލުއި އަދި ދަތުރުގެ ބުރަކަން ކުޑަކަމުގެ އިޙްސާސްކުރެވޭ ދަތުރެއްކަމަށް ވެގެންދާނެ ކަމުގައި ބެލެވެއެވެ. އަދި ދީނީ ގޮތުން ކުރަން ހުންނަކަންކަމަށް ވަގުތު ހުސްކުރެވި ދަތުރުން ހެޔޮ ރޫޙާނީ ބަދަލެއް މީހާގެ ޙަޔާތަށް ގެނެވޭ ވަރު ދަތުރަކަށް މި މިފަދަ ދަތުރު ވެގެންދާނެ ކަމުގެ އުއްމީދު ކުރެވެއެވެ. 

ކޮމެންޓް

team

މަތިވެރީގައި އައު ޖަނަރޭޓަރެއް ބަހައްޓައި ކަރަންޓު ދޭން ފަށައިފި

14 މިނިޓު ކުރިން
team

ޝަހީދު އަލީ ސްކޫލަށް ކަރަންޓު ދިނުމުގެ މަސައްކަތް ނިންމާލައިފި

36 މިނިޓު ކުރިން
team

ވަތަނީ ހިދުމަތުގެ ދަރިވަރުންނަކީ އަހުލާގާއި ސުލޫކު ރަނގަޅު، ބަޔަކަށް ހަދަން އިސްކަން ދޭނެ: ރައީސް

1 ގަޑިއިރު ކުރިން
team

ގައުމީ ފުޓްސަލް ޓީމުން ހޯދީ ތާރީހީ ފަހުރެއް: ރައީސް

1 ގަޑިއިރު ކުރިން
team

ދެ އަހަރު ތެރޭ ހިލޭ ޑިގްރީއަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފި

9 ގަޑިއިރު ކުރިން
team

މީދޫގައި ފުލުހުންގެ ވާޖިބަށް ހުރަސް އެޅި މީހަކު ހައްޔަރު ކޮށްފި

23 ގަޑިއިރު ކުރިން
team

ގައުމީ ފިރިހެން ފުޓްސަލް ޓީމަށް ނައިބު ރައީސް ހިތްވަރު ދެއްވައިފި

1 ދުވަސް ކުރިން
team

ރައީސްގެ ވައުދާ އެއްގޮތަށް ރޯދަ ހަދިޔާ މަސްދަޅު ހޮނިހިރު ދުވަހު ބަހަން ފަށަނީ

1 ދުވަސް ކުރިން
team

ހުޅުދެލީ ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

1 ދުވަސް ކުރިން
team

"ބީފާން" ވޮލީ ބޯޅަ މުބާރާތް ނިންމުން ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް

1 ދުވަސް ކުރިން
team

އުކުޅަހުގައި އަލަށް ބެހެއްޓި ޖަނަރޭޓަރުން ކަރަންޓު ދޭން ފަށައިފި

1 ދުވަސް ކުރިން
team

މާލޭގެ ބޮޑު ސަރަހައްދަކުން މާދަމާ ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy