ގައުމީ ޤުރުއާން މުބާރާތް އާދީއްތަ ދުވަހު ފަށަނީ

---

މި އަހަރުގެ ކުރީކޮޅު ބާއްވަން ހަމަޖެއްސުމަށް ފަހު، ތިން ފަހަރެއްގެ މަތިން ފަސްކުރި 36 ވަނަ ގައުމީ ޤުރުއާން މުބާރާތް އަންނަ އާދިއްތަ ދުވަހު ފަށަން ތައްޔާރުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން އިންތިޒާމުކޮށްގެން މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ މުބާރާތުގައި ޖުމްލަ 1،020 މީހަކު ވާދަކުރެ އެވެ. އެގޮތުން މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮފީގައި 590 މީހުން ވާދަކުރާ އިރު، އަދި ނުބަލައި ކިޔެވުމުގެ ގޮފީގައި 430 މީހުން ވާދަކުރާނެ އެވެ.

މީގެ އިތުރުން ހާފިޒުންގެ ބައިގައި 15 ހާފިޒަކު ވާދަކުރެ އެވެ.

މުބާރާތް އާދިއްތަ ދުވަހު ފަށައި އަންނަ މަހުގެ 7 އާ ހަމައަށް ކުރިއަށް ދާނެ އެވެ.

މިި އަހަރުގެ މުބާރާޔް ހުޅުވައިލީ ސްކޫލުތަކުގެ ދަރިވަރުންނާއި، ޔުނިވަސިޓީތަކާއި، ކޮލެޖުތަކާއި، އިންސްޓިޓިއުޓްތަކާއި ޤުރްޢާން ކުލާސްތަކާއި، ޙާފިޒުންގެ އިތުރުން ކުލަބު ޖަމިއްޔާތަކަށެވެ.

ގައުމީ ޤުރުއާން މުބާރާތަކީ 1981 އިން ފެށިގެން އިސްލާމިކް މިނިސްޓްރީން ދީނީ ގޮތުން ބާއްވަމުން އަންނަ އެންމެ ބޮޑު ހަރަކާތެވެ.

އެންމެ ފަހުން 2022 ގައި 35 ވަނަ މުބާރާތުގައި 121 މުއައްސަސާއަކުން 1،022 ބައިވެރިން ވާދަކުރި އެވެ.

---

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy