ފަނޑިޔާރުގެއަށް އަތް ބާނާ، ޖުޑިޝަރީއަށް ނުފޫޒު ފޯރުވީ ރައީސް ނަޝީދު: ލަތީފް

ދިއްދޫ ދާއިރާގެ މެންބަރު އަބުދުއްލަތީފް މުޙައްމަދު: ފޮޓޯ/ މަޖިލިސް

ފަނޑިޔާރުގެއަށް އަތް ބާނާ، ޖުޑިޝަރީއަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވާފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ކަމަށް ދިއްދޫ ދާއިރާގެ މެންބަރު އަބުދުއްލަތީފް މުޙައްމަދު ވިދާޅުވެއްޖެ އެވެ.

ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަހުސް ކުރައްވަމުން ލަތީފް ވިދާޅުވީ ކޯޓުތަކުގައި ބޮޑުތަޅު އަޅުވައި ފަނޑިޔާރުންނާ ދިމާކޮށް، އެބޭފުޅުންނަށް އެންމެ ގިނަ ޖެއްސުން ކުރީ 2008 ވަނަ އަހަރު ކަމަށެވެ.

"ކޯޓު ތަކަށް އަތް ބާނާ ކޯޓު ތަކަށް ނުފޫޒު ފޯރުވީ ރައީސް ނަޝީދުގެ ސަރުކާރުން، ކޯޓުތައް ތަޅުލާ، ފަނޑިޔާރުންނަށް ޖެއްސުންކޮށް، ފުރައްސާރަކޮށް، ފަނޑިޔާރުންނާ ދިމާކޮށް، ފަނޑިޔާރުން މޫދަށް ވައްޓާލާ، ފަނޑިޔާރުން ބިންމައްޗަށް ވައްޓާލާ މި ހުރިހާ ކަމެއް ކުރީ 2008 ވަނަ އަހަރު،" ލަތީފް ވިދާޅުވި އެވެ.

އަދުލުއިންސާފުގެ ނިޒާމަށް ބާރާއި ނުފޫޒު ފޯރުވީ އޭރު އޮތް ސަރުކާރުން ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވަމުން ލަތީފް ވިދާޅުވީ އެކަން ނިމުކަމަށް ގެންނެވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިތުމުން ކަމަށެވެ.

"މި އިސްލާހުގެ ސަބަބުން އަދުލު އިންސާފުގެ ނިޒާމަކީ ހަރުދަނާ ނިޒާމެއްގެ ގޮތުގައި ރައްޔިތުންނަށް ކަށަވަރު ކޮށްދޭނެ. ރައީސް މުއިއްޒު ބޭނުންފުޅު ވަނީ ރައްޔިތުންނަށް އަދުލު އިންސާފު ވީހާ ވެސް އަވަހަށް ލިބުން، އަދުލު އިންސާފު އަވަސް ކުރުމަށް ގާޒީންނަށް ދޭންޖެހޭ ހުރިހާ އިނާޔަތްތަކާއި ހިމާޔަތާއި ރައްކާތެރިކަމާ އަދި މަސައްކަތް ކުރާނެ މާހައުލެއް ގާއިމުކޮށްދެނީ މި އިސްލާހުގެ ސަބަބުން،" ލަތީފް ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު" އަށް ގެންނަން ހުށަހެޅި އިސްލާހުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

8 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

8 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

9 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

11 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

13 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

14 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

15 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

16 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

17 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

17 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

18 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

18 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy