ޑްރަގް ރިހެބް ސެންޓަރު ހިންގަން މެލޭޝިއާ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފި

ހިންމަފުށީގައި ހިންގަމުން އަންނަ ރިހެބް ސެންޓަރ

ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު ޤާއިމުކޮށް ހިންގުމަށް މެލޭޝިއާގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ދަރުވާދިނުމަށް ރިހެބިލިޓޭޝަން ސެންޓަރުތައް ޤާއިމުކޮށް ހިންގުމުގެ ފުރުޞަތު އަމިއްލަ ފަރާތްތަކަށް ސަރުކާރުން ހުޅުވާލީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ. މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން ހުޅުވާލި ފުރުޞަތެކެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ، މެލޭޝިއާގެ ކުންފުންޏަކުން ރާއްޖޭގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު ހެދުމަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށެވެ. އެ ކުންފުންޏަކީ ދުނިޔޭގެ އެހެން ޤައުމުތަކުންވެސް ފަރުވާ ހޯދުމަށް ގިނަބަޔަކު ދާ ސެންޓަރުތައް ހިންގަމުން އަންނަ ކުންފުންޏެއް ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޕްރޮޕޯސަލް ހުށަހެޅި ކުންފުނިން ހުށަހަޅާފައިވަނީ ބޮޑު އަގެއް ކަމަށެވެ. އެހެންކަމުން، އެ ޚިދުމަތް ދިނުމުގައި އިތުރު ގޮތްތައް ބަލަމުންދާ ކަމަށާއި މިހާރު އެ ޕްރޮޕޯސަލާ ގުޅިގެން މަޝްވަރާތައް ކުރަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"ރާއްޖޭގައި މަސްތުވާތަކެއްޗަށް ގޮސް، އޭގަ ދެވިހިފާފައި މިތިބޭ ގިނަ މީހުންނަކީ އެހާ ފޯރުންތެރި މީހުންނެއް ނޫން. އެހެންވެ އަޅުގަނޑުމެން އެބަބަލަން މިއަށް ކިހިންތެތޯ ހައްލެއް ލިބޭނީ. ނޭޝަނަލް ޑްރަޖް އެޖެންސީގެ ބަޖެޓުން ނުވަތަ އާސަންދަ ކަހަލަ ފަރުވާދޭ މެކޭނިޒަމެއް މެދުވެރިކޮށްވެސް މިއީ އޮޕްޝަނެއްތޯ ބަލަމުން މިހާރު މިދަނީ." ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.

ދާޚިލީ ސަލާމަތާބެހޭ ވަޒީރު ވިދާޅުވީ، އަމިއްލަ ފަރާތްތަކުން ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ ޚިދުމަތް ދިނުމަކީ އެކަމުގެ ސަބަބުން ވާދަވެރިކަން އިތުރުވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވާނެ ކަމެއް ކަމަށެވެ. އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަމިއްލަ ފަރާތްތަކުން ރާއްޖޭގައި ޚިދުމަތް ދޭން ފަށާނެ ކަމަށް އުއްމީދު ކުރައްވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ނޭޝަނަލް ޑްރަގް އެޖެންސީން ހުޅުވާލި ފުރުޞަތުގެ ދަށުން ޤާއިމުކުރާ ރިހެބިލިޓޭޝަން ސެންޓަރުތަކުގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް ގިނަ ޚިދުމަތްތަކެއް އެ ސެންޓަރުތަކުން ފޯރުކޮށްދޭން ޖެހެއެވެ.

އެގޮތުން، އައުޓްޕޭޝަންޓް ޑީޓޮކްސިފިކޭޝަން ޚިދުމަތާއި، ސައިކޭޓްރިކް އިވެލުއޭޝަނާއި، ކައުންސެލިން ޚިދުމަތާއި، ސައިކޯ-ސޯޝަލް ތެރަޕީއާއި ޑްރަގް ޓެސްޓް ކުރުމާއި، ސައިކޮލޮޖިކަލް އެސެސްމަންޓް ހެދުމުގެ ޚިދުމަތް މި ސެންޓަރުތަކުން ފޯރުކޮށްދޭންޖެހެއެވެ.

---

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy