އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ބޮން އަޅާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި: ފޮޓޯ/ ސްކައި ނިއުސް
އެމެރިކާގެ ސިފައިން އީރާނުގެ ތިން ނިއުކްލިއާ ސައިޓަކަށް ހަމަލާދީފައިވާ ދީފައިވާކަން ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރައްވައިފިއެވެ.
މިއީ "ވަރަށް ކާމިޔާބު" ހަމަލާތަކެއްކަމަށާއި، މިހަމަލާތަކުގައި ސަލާމާތީކަންކަން ވަރުގަދަކޮށްފައިވާ ފޯޑޯ ނިއުކްލިއާ "ނެތިގެން ގޮސްފައިވާ" ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
އީރާނާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމާގައި ބައިވެރިވުމަށް ހޮނިހިރު ދުވަހު ޓްރަމްޕް ނިންމެވި ނިންމުމަކީ މެދުއިރުމަތީގެ މަސްރަހު އިތުރަށް ހޫނުވެގެންދާނެ ނިންމުމެކެވެ.
"ފޯޑޯ، ނަތާންޒް، އަދި އިސްފަހާން ހިމެނޭ ގޮތަށް އީރާނުގެ ތިން ނިއުކްލިއާ ސައިޓަށް ވަރަށް ކާމިޔާބު ހަމަލާއެއް އަހަރެމެން މިވަނީ ދީފައި" ޓްރަމްޕް ޓްރުތް ސޯޝަލްގައި ޝާއިއު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
އަދި މިހަމަލާގައި ބައިވެރިވި އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތައް މިހާރު ދަނީ އެނބުރި އަސްކަރީ މަރުކަޒުތަކަށް ދަތުރުކުރަމުން ކަމަށާއި އެހެންވެ، މިހާރު "މިއީ ސުލްހައިގެ ވަގުތު" އޭނާ ވިދާޅުވި އެވެ.
އެއަށްފަހު އޯވަލް އޮފީހުގައި ޓީވީގެ ޒަރީއްޔާއިން ދެއްވި ތިން މިނިޓުގެ ހިތޯބުގައި ޓްރަމްޕް ވިދާޅުވީ ކުރިމަގުގައި އީރާނަށް އޮތީ "ސުލްހަ ނުވަތަ ގެއްލުމާއިހަލާކު" ކަމަށާއި، އެމެރިކާގެ އަސްކަރިއްޔާއަށް ހަމަލާ ދެވިދާނެ އެހެން އެތައް އަމާޒުތަކެއް ހުރި ކަމަށެވެ. އަދި އެމެރިކާގެ މިހަމަލާތަކުގައި އީރާނުގެ މުހިންމު ނިއުކްލިއާ ކާރުހާނާތައް މުޅިން ނައްތާލާފައިވާކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
މިހަމަލާތަކާ ގުޅިގެން އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވަނީ އެމެރިކާއިން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވެފައިވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.
އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރު އެމެރިކާއިން މިވަނީ އ.ދގެ ޗާޓަރާއި ބައިނަލްއަގުވާމީ ގާނޫނުތަކާއި އަދި ނިއުކްލިއާ ހަތިޔާރު ފެތުރުން މަނާކުރާ މުއާހަދާ (އެންޕީޓީ)އާއި ހިލާފަށް އީރާނުގެ ސުލްހަވެރި ނިއުކްލިއާ އިންސްޓޯލޭޝަންތަކަށް ހަމަލާދީފައިކަމަށް އަރާގްޗީ ކުރެއްވި ސޯޝަލް މީޑިޔާ ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.
މިއަދު ހެނދުނު ހިނގި ކަންތައްތަކަކީ އެއްވެސްގޮތަކަށް ބަލައިގަނެވޭނެ ކަމެއްނޫން ކަމަށާއި މިއީ ދިގުދެމިގެންދާ ފަދަ ނުރައްކާތެރި ނަތީޖާތަކެއް ނުކުންނާނެ ކަންތައްތަކެއްކަމަށް އޭނާ ކުރެއްވި ޕޯސްޓްގައި ލިޔުއްވާފައިވެއެވެ. އަދި މިކަމަކީ އދ.ގެ ކޮންމެ މެންބަރަކު ވެސް މި އިންތިހާއަށް ކަންބޮޑުވާން ޖެހޭ ފަދަ ނުރައްކާތެރި، ގާނޫނާ ހިލާފު ޖިނާއީ އަމަލެއްކަމަށް އަރާގްޗީ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އީރާނުން އެގައުމުގެ އިސްތިގުލާލާއި މަސްލަހަތާއި ރައްޔިތުން ދިފާއު ކުރުމަށް ކުރަންޖެހޭ ހުރިހާކަމެއް ކުރުމުގެ އިހުތިޔާރު އެގައުމަށް ލިބިފައިވާ ކަމަށެވެ.
އެމެރިކާއިން އިރާނުގެ ނިއުކްލިއާ ކާރުހާނާތަކަށް ހަމަލާ ދީފައި ވަނީ އިސްރާއީލާއި އީރާނުން ވައިގެ މަގުން ހަމަލާތައް ބަދަލު ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. ހަފުތާއަކަށް ވުރެ ގިނަ ދުވަހަށް ދެމިގެންގޮސްފައިވާ މިހަމަލާތަކުގައި ދެ ގައުމުގައި ވެސް ގިނަ އަދަދެއްގެ މީހުން މަރުވެ އަދި އެތައްބަޔަކު ވަނީ ޒަހަމްވެފަ އެވެ.
އިޒްރޭލުން އީރާނަށް ހަމަލާތައް ދިނީ އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ އެއްވެސް ފުރުސަތެއްދޭން ބޭނުންނުވާ ކަމަށް ބުނެ އެވެ. އީރާނުން ބުނަނީ އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ ހަމައެކަނި ސުލްހަވެރިކަމުގެ ބޭނުމުގައި ހިންގާ ޕްރޮގްރާމެއް ކަމަށެވެ.
އެމެރިކާގެ ހަމަލާތަކަށްފަހު އީރާނުގެ ނިއުކްލިއާ އެޖެންސީން ހާމަކުރި ގޮތުގައި ގޮތުގައި ރޭޑިއޭޝަން ސިސްޓަމްގެ ޑޭޓާއާއި ފީލްޑް ސާވޭތަކުން ދައްކާގޮތުން ތަގައްޔަރު ވުމުގެ އަލާމާތްތަކެއް އަދި އެސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް ނުރައްކާ ވެދާނެ ފަދަ އެއްވެސްކަމެއް އަދި ފެނިފައެއްނުވެ އެވެ.
އެމެރިކާއިން ހަމަލާދިން ނަމަވެސް އީރާނުން ކުރިއަށްގެންދާ މަދަނީ ސުލްހަވެރި ނިއުކްލިއާ ޕްރޮގްރާމް ހުއްޓާނުލާނެކަމަށް އީރާނުގެ ނިއުކްލިއާ އެޖެންސީންވަނީ ބުނެފަ އެވެ.
އެމެރިކާގެ ސީބީއެސް ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާއިންވަނީ ހޮނިހިރު ދުވަހު ޑިޕްލޮމެޓިކް ގޮތުން އީރާނާ ގުޅާ މި ހަމަލާތައް ދޭނެކަން ކުރިން އަންގާފަ އެވެ. އަދި އެމެރިކާއިން އީރާނުގެ ވެރިކަން ބަދަލު ކުރުމަށް މަސައްކަތް ކުރުމަށް ގަސްތު ނުކުރާ ކަމަށް ވެސް އެމެރިކާއިން ބުނެފައިވާ ކަމަށް ސީބީއެސްގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެމެރިކާގެ ފޮކްސް ނިއުސް ޗެނަލް އަށް މައުލޫމާތު ދެއްވަމުން ޓްރަމްޕް ވިދާޅުވީ ފޯޑޯ ނިއުކްލިއާ ސައިޓަށް ބަންކަރު ބަސްޓަރު ހަ ބޮން އަޅާފައިވާއިރު، އެހެން މަރުކަޒުތަކަށާއި އަސްފަހާން އާއި ފޯޑޯ އަށް ޓޮމަހޯކްގެ 30 މިސައިލް ހަމަލާދީފައިވާ ކަމަށެވެ.
އެމެރިކާގެ ބީ-2 ބޮންއަޅާ ބޯޓުތައް މި ހަމަލާތަކުގައި ބައިވެރިވެފައިވާ ކަމަށް އެމެރިކާގެ އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް ރޮއިޓާސް އަށް މައުލޫމާތު ދީފައިވެ އެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޓްރަމްޕް އީރާނަށް ހަމަލާ ދިނުމަށް ނިންމި ނިންމުމަށް ތައުރީފު ކުރައްވާފަ އެވެ.
އީރާނުގެ ހުޅަނގު ދެކުނުގެ ދިހަވަރަކަށް އަސްކަރީ އަމާޒަށް އިތުރު ހަމަލާތަކެއް ދީފައިވާކަމަށް އިސްރާއީލުގެ އަސްކަރީ އޮފިޝަލުން ހޮނިހިރު ދުވަހު ވަނީ ބުނެފައެވެ.
އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ މަގުމަތީގައި އޮތް ކަމަށް ބުނެ އިސްރާއީލުން ވަނީ ޖޫން މަހުގެ 13 ވަނަ ދުވަހު އީރާނަށް ހަމަލާތަކެއް ދީފަ އެވެ. އިސްރާއީލުގައި ނިއުކްލިއާ ހަތިޔާރު ހުރި ކަމަށް ގިނަ ބަޔަކު ގަބޫލުކުރާއިރު، އެގައުމުން އެކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއްބުނެފައެއް ނުވެ އެވެ
ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް އީރާނުން ބޭނުންނުވާ ކަމަށާއި ނަމަވެސް ނިއުކްލިއާ ހަކަތަ އުފެއްވުމާއި ދިރާސާ ކުރުމުގެ ހައްގުގެ ބޭނުން ހިފާނެކަމަށް އެގައުމުގެ އޮފިޝަލުން ތަކުރާރުކޮށް ދަނީ ވިދާޅުވަމުންނެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޝް ވިދާޅުވީ އެމެރިކާގެ ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު އިތުރަށް ހޫނުވެ ނުރައްކާވެދާނެތީ އޭނާ ވަރަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.
މި ހަމަނުޖެހުން ކޮންޓްރޯލުން ނެއްޓިދާނެ ކަމުގެ ނުރައްކާ ބޮޑުވަމުން އެބަދާކަމަށާއި މިކަމުގެ ގެއްލުމާއި ނުރައްކާ އާންމު ރައްޔިތުންނަށާއި، މެދުއިރުމަތީ ސަރަހައްދަށާއި މުޅި ދުނިޔެއަށް ކުތިމަތިވެދާނެކަމަށް ގުޓަރޭޝް ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.
އިސްރާއީލުން ހަމަލާތައް ދޭން ފެށިފަހުން އީރާނުގައި 430 މީހުން މަރުވެ 3،500 މީހުން ޒަހަމްވެފައިވާ ކަމަށް ހެލްތު މިނިސްޓްރީއާ ހަވާލާދީ އީރާނުގެ ނޫރު ނިއުސް އިންވަނީ ބުނެފަ އެވެ.
އީރާނުގެ މިސައިލް ހަމަލާތަކުގައި އިސްރާއީލުގެ 24 މީހަކު މަރުވެ 1،272 ޒަހަމްވެފައިވާކަމަށް އިސްރާއީލުގެ ސަރުކާރުންވަނީ ބުނެފަ އެވެ.
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
އިސްލާމީ އުއްމަތަށް ދިމާވާ މައްސަލަތަކާބެހޭ މަޝްވަރާއަށް ހަލީލް ތުރުކީއަށް
ކަރެކްޝަން ސީޕީގެ ނަމުގައި ފުޓްސަލް މުބާރާތެއް ފަށައިފި
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރަން "މޫދު ފެސްޓު" ފަށައިފި
ދައުލަތުގެ ހަރަދު 23 އިންސައްތަ ދަށްކޮށްފި
ކޮމެންޓް