ސްޓެލްކޯއިން ފަސް ލައްކަ ގަސް އިންދުމުގެ ހަރަކާތެއް ފަށައިފި

ސްޓެލްކޯއިން ފަސް ލައްކަ ގަސް އިންދުމުގެ ހަރަކާތެއް ފެށުން: ފޮޓޯ/ ސްޓެލްކޯ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ ފަސް މިލިއަން ގަސް ޕްރޮގްރާމްގެ ތެރެއިން ފަސް ލައްކަ ގަސް އިންދުމުގެ ހަރަކާތެއް ސްޓެލްކޯއިން ފަށައިފި އެވެ.

ފަސް މިލިއަން ގަސް ޕްރޮގްރާމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ސްޓެލްކޯއިން ހިދުމަތްދޭ ރަށްރަށުގައި ހަފްތާ ބަންދުތަކުގައި ގަސް އިންދުމުގެ ހަރަކާތްތަކެއް ހިންގަމުން އަންނަ ކަމަށެވެ. އަދި މާތްﷲގެ އިރާދަފުޅާއެކު ރައީސްގެ ވައުދު ފުއްދުމަށް ސްޓެލްކޯއިން އަމާޒު ހިފާފައިވާ ގޮތައް ފަސްލައްކަ ގަސް އިންދިގެން ދާނެ ކަމަށް ފަހުމީ ވިދާޅުވި އެވެ.

ފަސް މިލިއަން ގަސް އިންދުމަށް އަމާޒުކޮށް ރައީސް ވެވަޑައިގެންފައިވާ ވައުދު ފުރިހަމަ ކުރުމަށް، ސްޓެލްކޯއިން އެއްބަސްވެފައިވާ ގޮތަށް ފަސް ލައްކަ ގަސް އިންދުމުގެ އަމާޒަށް ވާސިލުވުމަށް ޓަކައި ގިނަ މަސައްކަތްތަކެއް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.

ފަސް އަހަރު ތެރޭ ފަސްލައްކަ ގަސް އިންދުމަށް ސްޓެލްކޯއިން ހިންގާ ހަރަކާތް މިދިޔަ އަހަރު ފެށީ ކ. ތުލުސްދޫގަ އެވެ.

ފަސް މިލިއަން ގަސް ޕްރޮގްރާމްގެ ތެރެއިން ޖުމުލަ 90 ބާތެއްގެ ގަސް އިންދުމަށް ހަމަޖެހިފައިވެ އެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

14 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy