ލައިބާގެ ކާމިޔާބީއަށް މުޅި ގައުމު ފަހުރުވެރިވޭ: ނައިބު ރައީސް

ލައިބާގެ ކާމިޔާބީއަށް މުޅި ގައުމު ފަހުރުވެރިވާ ކަމަށް ނައިބު ރައީސް ވިދާޅުވި —

އަރުމޭނިއަން ޔޫތު އޯޕަންގައި ވާދަކޮށް، ރާއްޖޭގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަހުމަދު މަހްލޫފް (އެލީ) ހޯދި ކާމިޔާބީއަށް މުޅި ގައުމު ފަހުރުވެރިވާ ކަމަށް ނައިބު ރައީސް ހުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

އުމުރުން 12 އަހަރުގެ ލައިބާ ވަނީ "އަރުމޭނިއަން ޔޫތު އޯޕަން 2025"ގައި ތިން ކެޓަގަރީއަކުން ރަން މެޑެލް ހޯދާފަ އެވެ. 2022 ވަނަ އަހަރުން ފަށައިގެން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަ ކުރަމުން އަންނަ ލައިބާއަށް މިއީ ބައިނަލްއަގުވާމީ ފެންވަރުގެ މުބާރާތަކުން ރަން މެޑެލް ހާސިލު ކުރެވުނު ފުރަތަމަ ފަހަރެވެ.

ލައިބާ ހޯދި ފަހުރުވެރި ކާމިޔާބީއަށް މަރުހަބާ ދަންނަވާ ނައިބު ރައީސް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ބައިނަލްއަގުވާމީ މުބާރާތެއްގައި މުޅި ގައުމު ތަމްސީލުކޮށް ތިން ރަން މެޑެލް ހާސިލު ކުރުމަކީ މުޅި ގައުމު ފަހުރުވެރިވާ ކަމެއް ކަމަށެވެ.

އަދި މިއީ އެކި ދާއިރާތަކުން، ހާއްސަކޮށް ކުޅިވަރުގެ ދާއިރާއިން ކުރިއަށް ގޮސް މި ފަދަ ރަން ވަނަތައް ހާސިލު ކުރަން ބޭނުންވާ ކުދިންނަށް ލިބުނު ހިތްވަރެއްކަން ނައިބު ރައީސް ފާހަގަ ކުރެއްވި އެވެ.

އޭގެ އިތުރުން ނައިބު ރައީސް ވަނީ ލައިބާއަށް އިތުރު ކާމިޔާބީއާއި ރަން ވަނަ ތަކަށް އެދިވަޑައިގަންނަވާފަ އެވެ.

"ލައިބާއަށް އިތުރު ކާމިޔާބީއާއި ރަން ވަނަތަކަށް އެދެން، އަދި ހިތްވަރާއެކު ކުރިއަށް ދިއުމަށް ހިތްވަރުދެން،" ނައިބު ރައީސްގެ ޕޯސްޓުގައި ބުންޏެވެ.

އަރްމީނިއަން ޔޫތު އޯޕަންގައި ވާދަކޮށް ލައިބާ ހޯދި ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެސް ވަނީ މަރުހަބާ ދަންނަވާފަ އެވެ. ރައީސް ވިދާޅުވެފައިވަނީ ލައިބާއަކީ ކުޅިވަރުގައި ރަނގަޅު މުސްތަގުބަލެއް ހޯދަން މަސައްކަތްކުރާ ކޮންމެ ކުއްޖަކަށް ނަމޫނާއެއް ކަމަށެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy