މާލޭގެ ނޯތު ހާބަރު ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ހަރުދަނާ އަދި ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން ހިންގުމަށްޓަކައި، ޓްރާންސްޕޯޓް މި މިނިސްޓްރީ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް ކެޕްޓަން އަބްދުލް ލަތީފް މުޙައްމަދެވެ. އަދި އެމްޕީއެލުން އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު މުއީނެވެ.
މި އެއްބަސްވުމުގެ ދަށުން، މާލޭގެ ނޯތު ހާބަރު ސަރަހައްދު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ގޮތާއި، އެ ސަރަހައްދު ބެލެހެއްޓުމުގެ ޒިންމާތައް ކަނޑައެޅިގެންދާނެ އެވެ.
މިނިސްޓްރީން ބުނީ މި މަސައްކަތަކީ ރާއްޖޭގެ އެންމެ މުހިންމު ވިޔަފާރި ބަނދަރުގެ ގޮތުގައި ބެލެވޭ މާލޭ ނޯތު ހާބަރުގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ފުޅާ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވެގެން ދާނެ ކަމަށެވެ.
ކޮމެންޓް