މުޅި ކުޅުދުއްފުށީގެ ފެނުގެ ހިދުމަތް އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރަނީ

--

މުޅި ކުޅުދުއްފުށީގެ ފެނުގެ ހިދުމަތް އިޔާދަކުރަނިވި ހަކަތައަށް ބަދަލު ކުރުމުގެ އެއްބަސްވުމެއްގައި ޖަޕާނުގެ ކުންފުންޏަކާއެކު މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ، (އެމްޑަބްލިއުއެސްސީ) އިން ސޮއިކޮށްފި އެވެ.

މި މިއެއްބަސްވުމުގައި ސޮއިކުރުމަށް އިއްޔެ މީރުމާ ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުޙައްމަދު އެވެ. ޖަޕާނުގެ ކެނޭޑިވިއާ ކޯޕަރޭޝަނުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ޓަކޭޝީ އައިބާ އެވެ.

މި އެއްބަސްވުމުގެ ދަށުން ދުވާލަކު 500 ކިއުބިކް މީޓަރުގެ ފެން އުފައްދައިދޭ އާރޯ ޕްލާންޓަކާއި 500 ކިލޯވޮޓުގެ އަވިން ހަކަތަ އުފައްދާ ސިސްޓަމެއް ގާއިމު ކުރުމުގެ އިތުރުން 1450 ކިލޯވޮޓުގެ ބެޓަރި ސިސްޓަމެއް ބަހައްޓާނެ އެވެ.

މިމަޝްރޫއުގެ ޖުމުލަ ހަރަދުގެ ތެރެއިން 46 ޕަސެންޓު ހަރަދު ކުރާނީ އެމްޑަބްލިއުއެސްސީންނެވެ. އަދި 27 ޕަސެންޓު ޖަޕާނުގެ ގްލޯބަލް އެންވަޔަރަންމަންޓް ސެންޓާ ފައުންޑޭޝަނުން ހިލޭ އެހީގެ ގޮތުގައި ދޭއިރު، ކެނެޑޭވިއާ ކޯޕަރޭޝަނުން 27 ޕަސެންޓް ހަރަދު ކުރާނެ އެވެ.

އެމްޑަބްލިޔުއެސްސީން ބުނީ މިމަޝްރޫއުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރެވި ދެމެހެއްޓެނިވި ގޮތެއްގައި ފެން އުފެއްދުމުގެ ނިޒާމުތަކެއް ރަށްރަށުގައި ގާއިމު ކުރެވޭނެ ކަމަށެވެ. އަދި ރާއްޖެއަށް ތެޔޮ އެތެރެކުރާ މިންވަރު މަދުކޮށް، ކުންފުނީގެ ޔުޓިލިޓީ ހިދުމަތްތަކުގެ އިތުރުން އޮޕަރޭޝަންތައް ވެސް ތިމާވެއްޓާ ރަށްޓެހި ގޮތަށް ބަދަލު ކުރުމަށް ވެސް މި މަޝްރޫއުން މަގުފަހިވެގެންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy