"ހާލު ކިހިނެއް" ޕްރޮގްރާމުގެ ދަށުން 200 އަށް ވުރެ ގިނަ އާއިލާއާ ބައްދަލުކޮށްފި

---

ރައްޔިތުންގެ ހާލަތު ދެނެގަނެ، ގާތުން ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ފެށި "ހާލު ކިހިނެއް" ޕްރޮގްރާމުގެ ދަށުން 200 އަށް ވުރެ ގިނަ އާއިލާއާ ބައްދަލުކޮށްފިއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، އެ ވުޒާރާ އިން ދާ ކޮންމެ ގެއަކުން ވެސް، ކޮންމެ އާއިލާއަކުން ވެސް ބަލައިގަންނަ ގޮތާއި، އެ އަދާކުރައްވާ މެހެމާންދާރީއާ ހިތްހެޔޮކަން އެއީ މި މަސައްކަތުގައި އެންމެ މުހިންމު ކަންތައް ކަމަށެވެ. އަދި އޭގެ ކާމިޔާބީއަކީ ވެސް އެއީ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެ ޕްރޮގްރާމުގެ ތެރެއިން އާއިލާތަކަށް ބޭނުންވާ ބައެއް މައުލޫމާތުތައް ވެސް އެ ވުޒާރާ އިން ފޯރުކޮށްދީފައިވާ ކަމަށެވެ.

"އެގޮތަށް ބައްދަލުވެގެންދާއިރު މި ފާހަގަކުރެވީ ސަރުކާރުގެ ތެރޭގައި ވެސް އަމިއްލަ ކުންފުނިތަކުގައި ވެސް ކަންތައްތައް ހިންގާ ގޮތުގެ މައުލޫމާތު އެ އާއިލާތަކާއި އެބަ ހިއްސާ ކުރެވޭ. މިސާލަކަށް ޤާނޫނީ ގޮތުން ކަމަކަށް އެދޭ ހިނދު ކޮންކަހަލަ ފޯމްތަކެއްތޯ ފުރާނީ، އެ ހޯދާނީ ކޮންތާކުންތޯ،" ވަޒީރު ވިދާޅުވިއެވެ.

ހިދުމަތްތައް ގުޅުވާލެވޭ ކަހަލަ މަސައްކަތްތަކެއް އެކަމުން ކުރެވޭ ކަމަށާއި އެންމެ ގިނައިން އާއިލާތަކުން ފާހަގަކުރީ، ހުރި ދަތިތަކުގެ ވާހަކަ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން ބޯހިޔާވަހިކަމުގެ މައްސަލައާ ވަޒީފާ ނުލިބުމުގެ މައްސަލަތައް ވެސް އަންނަ ކަމަށް ވިދާޅުވިއެވެ. ރައްޔިތުން ހާލަތަށް ކެތްތެރިވާ މިންވަރާއި ޝުކުރުވެރިވާ މިންވަރު އެނގިގެން ދިޔަ ކަމަށާއި ހާލަތުން އަރައިގަތުމަށް މަސައްކަތް ކުރާ މިންވަރު ވެސް ފެނިގެންދިޔަ ކަމަށް ވަޒީރު ވިދާޅުވިއެވެ.

---

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

6 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy