ހދ. ކޭލަކުނާއި ށ. ފަރުކޮޅުގެ މާޔަތްކޮށްފައިވާ ސަރަހައްދު ތަކުގައި ނޭޗާ ޕާކު ގާއިމު ކުރުމަށް އެންވަޔަރަންމަންޓް މިނިސްޓްރީ އާއި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާ އެކު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.
މިކަމަށް ހާއްސަކޮށްގެން މިއަދު ބޭއްވި ރަސްމިއްޔާތުގައި މި މަސައްކަތުގއެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުޙައްމަދު ފާއިޒެވެ. އެމްޓީޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗެއާމަން އަހހުމަދު ނިޔާޒެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މި ނޭޗާ ޕާކު ތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ތަރައްގީކޮށް، އެކި ދާއިރާތައް ފުޅާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި މި ރަށްތަކުގެ ގުދުރަތީ ރީތިކަމާއި، ކާނި ފަދަ ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ބުންޏެވެ.
ކޮމެންޓް