ގިނަ އަދަދެއްގެ ފައިސާއާއި ޑުރަގާއެކު 6 މީހަކު ހައްޔަރުކޮށްފި

--

މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ފައިސާއާއާއި ދެ ކިލޯއާ ގާތްކުރާ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު 6 މީހަކު ހައްޔަރުކޮށްފި

ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ގއ. ދާންދޫ ބޯގަންވިލާ، ހަސަން އަލީ، 26 އާއި ޅ. ކުރެންދޫ މެދުރިގެ، މުޙައްމަދު އަލީޝް އަހުމަދު، 28، އާއި ހދ. ނޮޅިވަރަންފަރު ސާރާޒް، ވަލީދު މުޙައްމަދު، 26، އާއި ސ. ފޭދޫ ފެނިގެއްލިދާގެ، ޖައިލަމް މުޙައްމަދު ޒަކީ، 28، އާއި ފ. ދަރަނބޫދޫ ނާރެސް، ޝަޔާން އިސްމާއީލް ވަހީދު، 18،ގެ އިތުރުން އއ. ތޮއްޑޫ ތުނޑި، އިބްރާހީމް މައިޝަމް މާހިރު، 21، އެވެ.

ފުލުހުންގެ ވެބްސައިޓުގައިވާ ގޮތުން މި މަހުގެ 13 އަދި 14 ވަނަ ދުވަހު ޑުރަގު އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މާލެއާއި ހުޅުމާލެ ހިމެނޭ ގޮތަށް 7 ތަނެއް ބަލައި ފާސްކޮށް، އެ ތަންތަނުން ހެރޮއިން އާއި މެތަމްފެޓަމިން އަދި ކެނަބިސް ހިމެނޭ ގޮތުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިފައިވެ އެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 1943.76 ގުރާމެވެ.

މީގެ އިތުރުން، ނިކޮޓިން- ސްޓައިލް ވޭޕް ކާޓްރިޖު ތަކާއި، "މޫންޝައިން" ކެނަބިސް ބުއިން ތަކާއި ފްލޭވާ ކުރެވިފައިވާ ތެޔޮ، އަތުލައިގެންފައިވާއިރު، 90،000 އަށްވުރެ، ގިނަ ދިވެހި ރުފިޔާ އާއި 3،605 އެމެރިކާ ޑޮލަރު އަދި 6 މޯބައިލް ފޯނާއި 2 ލެޕްޓޮޕް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެ އެވެ.

މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޖައިލަމް މުޙައްމަދު 5 ދުވަހަށް، އިބްރާހީމް މައިޝަމް އާއި ޝަޔާން އިސްމާއީލް 10 ދުވަހަށް އަދި ހަސަން އަލީ އާއި މުޙައްމަދު އަލީޝް އާއި ވަލީދު މުޙައްމަދު، 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy