"ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ ބެލެނިވެރީންނަކީ ވަރަށް ހިތްވަރު ގަދަ ބައެއް"

މިނިސްޓަރު އައިޝަތު ޝިހާމް --

ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ ބެލެނިވެރީންނަކީ ވަރަށް ހިތްވަރު ގަދަ ބައެއް ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު، ޑރ އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

އެ ކަމަނާ މިހެން ވިދާޅުވީ އިސްރަށްވެހީންގެ ތެރެއިން ދާންމަތިވެފައިވާ މީހުންގެ ގާތަށް ޒިޔާރަތް ކުރުމުގެ ގޮތުން ފަށާފައިވާ "ބެޑްރިޑަން ޕްރޮގްރާމް" ފުރަތަމަ ބެޗުގެ ބައިވެރީންނާ މިއަދު ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

މިނިސްޓަރުގެ ވާހަފުޅުގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދީން ބަލަހައްޓާ ބެލެނިވެރީންގެ ފަރާތުން ފެންނަ އޯގާތެރި ކަމާއި ކެތްތެރިކަން ފާހަގަކޮށް، އެ ފަރާތް ތަކަށް ހިތްވަރު ދެއްވާފަ އެވެ. އަދި މަމްސް އެއިޑާ އެކު މި ފެށި ސަޕޯޓް ގުރޫޕުތަކުގެ އެހީގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބަލަހައްޓަމުންދާ ފަރާތްތަކުގެ ނަފުސާނީ ދުޅަހެޔޮކަން އިތުރުވެ، އުފާވެރިކަމާ އެކު ދިރިއުޅުން ބައްޓަން ކުރުމަށް ބޭނުންވާ ހުނަރުތައް ލިބިގެންދާނެ ކަމަށް އެ ކަމަނާ ވަނީ ވިދާޅުވެފަ އެވެ.

އޭގެ އިތުރުން މި ހިތްވަރު ގަދަ ބެލެނިވެރީންގެ ފަރާތުން އެކަކު އަނެކަކަށް ހިއްސާ ކުރާ ތަޖުރިބާ ތަކުގެ އަލީގައި މި ކުރެވޭ މަސައްކަތް ތަކަކީ އަމިއްލަ ނަފުސަށް ފަހުރުވެރިވާން ޖެހޭ އަގުހުރި ހިދުމަތެއް ކަމުގެ އިހުސާސް ކުރެވި، ދުވަސް ހެޔޮ ގޮތުގައި ރާވާލުމުގައްޔާއި ކުދިން ބެލެހެއްޓުމުގައި ސަޕޯޓް ސިސްޓަމެއް އުފެދިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފަ އެވެ.

ކޮންމެ ގުރޫޕަކާ އެކު ޖުމުލަ 13 ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ބައްދަލުވުންތައް ކޮންމެ ހަފުތާއެއްގެ ދެ ދުވަހު އޮންނާނެ ކަމަށް އެ ކަމަނާ ވިދާޅުވި އެވެ.

އަދި އުންމީދަކީ، މި ސަޕޯޓް ގުރޫޕުތަކުގެ ސަބަބުން، ހުރިހާ ބައިވެރީންގެ ނަފުސާނީ ދުޅަހެޔޮ ކަމަށް ކުރިއެރުން ތަކެއް ލިބި، އެކަނިވެރިކަން ފިލައިގެންދާނެ ކަމެއްގެ ގޮތުގައި މި ސަޕޯޓް ގުރޫޕުތައް ވެގެން ދިއުންކަން ވެސް މިނިސްޓަރު އައިޝަތު ޝިހާމްގެ ވާހަފުޅުގައި ފާހަގަ ކުރެއްވި އެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy