1.2 މިލިއަން ހައްޖުވެރިންގެ ކިބައިން އެދުނީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ދުޢާކުރަން

--

ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚްތުންނަށް ދެމުންގެންދާ ލާ އިންސާނީ އަނިޔާތަކުން އެމީހުން ސަލާމަތްކޮށްދެއްވުމަށް އެދި ޙައްޖު ދުވަހު ދުޢާކުރުމަށް މިއަހަރުގެ ޙައްޖު ޚުޠުބާގައި ގޮވާލައްވައިފިއެވެ.

މަސްޖިދުއް ނަމީރާގައި އިއްވެވި މިއަހަރުގެ ޙައްޖުގެ ޚުޠުބާ އިއްވައިދެއްވީ އަލް މަސްޖިދުލް ޙަރަމްގެ އިމާމް މަހާރް އަލް މުއައިޣްލީއެވެ.

ޙައްޖު ޚުޠުބާ ފަށަމުން ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ތަޤުވާވެރިވުމަށް ގޮވާލައްވާފައެވެ. އަދި ދުނިޔޭގެ ޒީނަތްތެރިކަމަށް ނުހެއްލުމަށާއި މާތް ﷲ އަށް ތަޤުވާވެރިވާ މީހުންނަށް ދެ ދުނިޔޭގައި ހެޔޮ ގޮތް މާތް ﷲ މިންވަރު ކުރައްވާނެކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އަދި ﷲ އަށް ތަޤުވާވެރިވާ މީހުންނަށް ލުއި ފަސޭހަ ގޮތްތައް މިންވަރުކުރައްވާނެކަމަށްވެސް ޚުޠުބާގައިވެއެވެ.

ޙައްޖު ޚުޠުބާގައި އެއް ބަޔަކު އަނެއް ބައެއްގެ މަސްލަހަތު ރައްކާތެރިކުރުމަށާއި ފާސިދު ކަންކަމުން ދުރުހެލިވުމަށް ގޮވާލައްވާފައިވެއެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް އަނިޔާ ނުކުރުމަށާއި އެއް ބަޔަކު އަނެއް ބަޔަކަށް ގެއްލުން ނުދިނުމަށްވެސް ޙައްޖު ޚުޠުބާގައި ވަނީ ގޮވާލައްވާފައެވެ. ހަމައެއާއެކު އެކަކު އަނެކަކާ ދެމެދު ޢަދުލުވެރިކަން ޤާއިމްކުރުމަށާއި މައިންބަފައިންނަށް އިޙްތިރާމްކުރުމަށް ޚުޠުބާގައި ގޮވާލެއްވިއެވެ. އަދި ޚިޔާނާތްތެރިނުވުމަށާއި ޙުކުމެއްކުރާ ކަމުގައިވާނަމަ އިންސާފުވެރިކަމާއެކު ޙުކުމްކުރުމަށްވެސް ޚުޠުބާގައި ގޮވާލެއްވިއެވެ.

ޙައްޖު ޚުޠުބާގައި ވަނީ މިވަގުތު ފަލަސްޠީނުގެ މުސްލިމް އަޚުންގެ ޙައްޤުގައި ދުޢާކުރުން އެންމެ މުނާސަބު ބަޔަކީ ޙައްޖުވެރިންކަން ފާހަގަކޮށްފައެވެ. އެހެންކަމުން ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަނިޔާތަކުން އެމީހުން ސަލާމަތްކޮށްދެއްވުމަށް އެދި ހައްޖު ދުވަހު ދުއާ ކުރަންޖެހޭކަމަށްވެސް ހުތުބާގައި ވިދާޅުވިއެވެ.

ޙައްޖު ޚުޠުބާގައި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް، އެކަލޭގެފާނުގެ ޙައްޖަތުލް ވަދާޢުގެ ޚުޠުބާގައި ޙަދީޘް ކުރެއްވި ބައެއް ކަންކަމަށް ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން އެކެއްގެ ލެޔާއި ނަފްސު، އަނެކާއަށް ޙަރާމްވެގެންވާކަން ފާހަގަކުރެެއްވިއެވެ. އަދި މާތް ﷲއަކީ އެއްކައުވަންތަ ރަސްކަނލާގެ ކަމަށާއި އިންސާނުންނާއި ޖިންނީން އެކަނލާގެ ހެއްދެވީ އެކަނލާގެއަށް އަޅުކަން ކުރުމަށްކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އަދި މާތް ﷲ ރަސޫލު ބޭކަލުން ފޮނުއްވެވީ ދުނިޔެއިން ޖާހިލުކަމާއި އެއް ބަޔަކު އަނެއް ބައެއްގެ ލޭ އޮހޮރުވުން ހުއްޓުވުމަށްކަންވެސް ޙައްޖު ޚުޠުބާގައި ފާހަގަކުރައްވާފައިވެއެވެ.

ހަމައެއައިއެކު ބޭކާރު ގޮތުގައި މުދާ ހޭދަ ނުކުރުމަށާއި ރަލާއި މަސްތުވާތަކެތި ބޭނުންކުރުމަކީ ޝައިޠާނާގެ ޢަމަލެއް ކަމަށާއި މި ޢަމަލުގެ ސަބަބުން އިންސާނާ ހަލާކުގެ ތެރެއަށް އެއްލާލާކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އަދި މިކަންކަމުން ދުރުހެލިވުމަށް ޚުޠުބާގައި ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން އެއް ބަޔަކު އަނެއް ބަޔަކަށް ގެއްލުން ނުދިނުމަށާއި ފުރައްސާރަ ނުކުރުމަށާއި އެކަކު އަނެކަކަށް ނުރުހޭ ނަންނަމުން ނުގޮވުމަށާއި ޖާސޫސް ނުކުރުމަށާއި އެމީހެއްގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށްވެސް ޙައްޖު ޚުޠުބާގައި ވަނީ ގޮވާލައްވާފައެވެ.

މަސްޖިދުއް ނަމީރާގައި އިއްވެވި މިއަހަރުގެ ޙައްޖުގެ ޚުޠުބާ އިއްވައިދެއްވީ އަލް މަސްޖިދުލް ޙަރަމްގެ އިމާމް މަހާރް އަލް މުއައިޣްލީއެވެ. މިއަހަރު ޙައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް 1.5 މިލިއަނަށްވުރެ ގިނަ ޙައްޖުވެރިން ދުނިޔޭގެ އެކިކަންކޮޅުތަކުން ވަނީ މައްކާއަށް ޖަމާވެފައެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

14 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy