އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރައްވަން ހުށަހަޅުއްވައިފި

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން -- ފޮޓޯ/ އަވަސް

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އެ މަގާމުން ރިޓަޔާ ކުރެއްވުމަށް ހުށަހަޅުއްވައިފި އެވެ.

"ދެލި"އަށް އެނގިފައިވާ ގޮތުގައި މުއުތަސިމް ވަނީ ރިޓަޔާ ކުރެއްވުމަށް އެދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށާއި ސުޕްރީމް ކޯޓުގެ އިދާރާއަށް މިއަދު ސިޓީ ފޮނުއްވަވާފަ އެވެ.

މުއުތަސިމް، ރިޓަޔާ ކުރައްވަން މިއަދު ހުށަހެޅުއްވިއިރު، މީގެ ދުވަސްކޮޅެއް ކުރިން އެ މަނިކުފާނު ވަނީ އެ މަގާމުން ރިޓަޔާ ކުރައްވަން ވިސްނަވާ ކަމުގެ އިޝާރާތެއް ކުރައްވާފަ އެވެ.

ވަކީލުކަމާ އަލަށް ގުޅުނު ވަކީލުން ހުވާކުރުމަށް ފެބުރުއަރީ މަހުގެ 17 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އެ މަނިކުފާނަކީ ދުވަސްވީ ބޭފުޅެއް ކަމަށެވެ. އެހެންކަމުން އެ ފަދަ ޖަލްސާ ތަކުން ކުރިއަށް އޮތް ތަނުގައި ނުފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"އަޅުގަނޑަކީ މިހާރު ދުވަސްވީ މީހެއް. ހަމަ އެކަށީގެންވާ ކަމެއް މިފަދަ ޖަލްސާއަކުން މި ހައިސިއްޔަތުން ދެން ނުފެނުމަކީ ވެސް،" މުއުތަސިމް، ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް، އަކީ ޝަރުއީ ދާއިރާގައި 32 އަހަރު ހިދުމަތް ކުރެއްވި ބޭފުޅެކެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy