މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިހު ޑރ. ސަލާހުލް ބުދައިރު، ރާއްޖެއަށް ކުރެއްވި ފަސް ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ފުރާ ވަޑައިގަންނަވައިފި އެވެ.
މި ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފަ އެވެ.
އެ މަނިކުފާނުގެ ދަތުރުފުޅުގައި ސަލްމާން މިސްކިތުގައި އަދި އިސްލާމީ މަރުކަޒުގައި އިމާމުވެ ނަމާދު ކުރެއްވިއިރު، މިއަދު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވާ އަސަރުގަދަ ހުކުރު ހުތުބާއެއް ދެއްވާފައިވާކަން ފާހަގަ ކޮށްލެވެ އެވެ.
ސަލާހުލް ބުދައިރުގެ ދަތުރުފުޅަކީ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ވަރުގަދަ ކުރުމަށް، އިސްލާމީ އުއްމަތުގެ ފާހަގަކޮށްލެވޭ އިމާމުން ރާއްޖެއަށް ގެނައުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން އިސްލާމިކް މިނިސްޓްރީން ދިން ދައުވަތެއްގައި ކުރެއްވި ދަތުރުފުޅެކެވެ.
ކޮމެންޓް