ހުސްގޮނޑިއަކީ ޔާމީނަށް ބެހެއްޓި ގޮނޑިއެއް ނޫން، އެއީ އަދުރޭއަށް ބެހެއްޓި ގޮނޑިއެއް: ލަތީފް

ޕީއެންސީގެ ޖަގަހަ ޖަލްސާގައި މެންބަރު ލަތީފް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ ޕީއެންސީ

ހުސްގޮނޑިއަކީ ރައީސް ޔާމީނަށް ބެހެއްޓި ގޮނޑިއެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ބެހެއްޓި ގޮނޑިއެއް ކަމަށް ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުޙައްމަދު ވިދާޅުވެއްޖެ އެވެ.

ދެހާސް ތޭވީސް ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް ކާމިޔާބު ކުރެއްވުނީ ރައީސް ޔާމީނަށް ހާއްސަކޮށްގެން ބެހެއްޓި ހުސްގޮނޑި ދައްކައިގެން ކަމުގައި ވަރަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

ޕީއެންސީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްވަމުން، ހުސް ގޮނޑިއަކީ ސީދާ އަބްދުއްރަހީމަށް ބެހެއްޓި ގޮނޑިއެއްކަން ފާހަގަ ކުރައްވަމުން ލަތީފް ވިދާޅުވީ އެ ގޮނޑި އަދުރޭ ހަދިޔާ ކުރެއްވި ބޭފުޅަކަށް ހަދިޔާ ކުރެއްވީ ކަމަށާއި އެކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"ހުސްގޮނޑިއަކީ، އަބްދުއްރަހީމަށް ޖަލްސާގައި ބައިވެރިވާން އާދެވެނީ ޕާޓީގެ މަސައްކަތް ތަކެއް ހުރީމަ ތަންކޮޅެއް ފަހުން، އެހެންވީމަ އެ މަނިކުފާނަށް ބެހެއްޓި ގޮނޑިއެއް އެއީ، ކީއްވެގެން އޮޅުވާލަނީ، ބަޔަކު އުޅެނީ ރަންބުއްދިވެގެން، އެ ގޮނޑި ބެހެއްޓުމުގެ މަސައްކަތް އަޅުގަނޑާއެކު ކުރި ޗެއާ މުޙައްމަދު އިސްމާއީލް، ޝާޑު، ނިމާލް، އަދި ޝިޔާމް، މިތިބީ، އެ ހުރިހާ ބޭފުޅުންނަށް މިކަން އެނގޭނެ، ލަތީފް ވިދާޅުވި އެވެ.

ރައީސް މުއިއްޒަށް ނިސްބަތްކޮށް، އެންމެ ގިނައިން ދެކޮޅު ވާހަކަދައްކާ ބޭފުޅަކީ އެންމެންގެ އިހުތިރާމާ ލޯބި އެއްއިރެއްގައި އޮތް ރައީސް ޔާމީން ކަމަށް ލަތީފް ވިދާޅުވި އެވެ. އަދި ޕީއެންސީގެ މެންބަރުންނަކީ ރައީސް ޔާމީނަށް ލިބެމުންދިޔަ ވޭނާއި އަނިޔާ ތަކުން ސަލާމަތް ކޮށްދިނުމަށް ޓަކައި ވަރަށް ތެދުވެރި ކަމާއެކު މަސައްކަތް ކޮށްދިން ބޭފުޅުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ މި ހުސްގޮނޑީގެ މައްސަލަ މިއަދުން ފެށިގެން ހައްލުވީ ކަމަށް އަޅުގަނޑު މި ބެލީ، މި ވާހަކަ ދެން މި ހިސާބުން ނުދައްކާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ، ލަތީފް ވިދާޅުވި އެވެ.

މިއަދު ފެންނަނީ ޕާޓީގެ ލީޑާޝިޕާ މުހާތަބުކޮށް، ހިތަށް އެރި އެއްޗެއް ބުނެލާ މަންޒަރުކަން ފާހަގަ ކުރައްވަމުން ރައީސް ޔާމީނަށް ލަތީފް، ގޮވާލެއްވީ އެ ކަން ހުއްޓާލުމަށްފަހު، އެހެން ކޮންމެވެސް ކަމަކާ އުޅުއްވުމަށެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

8 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

8 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

9 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

11 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

13 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

14 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

15 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

16 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

17 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

17 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

18 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

18 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy