ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް

ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުޙައްމަދު ޝަކީލް: ފޮޓޯ/ އަވަސް

ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.

ޝަކީލް މިހެން ވިދާޅުވީ، ޕީއެންއެފުން ރޭ ބޭއްވި ޖަލްސާއެއްގައި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަހުމަދު އާއި އެ ޕާޓީގެ މެންބަރަކު، ރައީސް މުއިއްޒަށް ނިސްބަތްކޮށް، ދެއްކި ކުފުރުވާ ފަދަ ވާހަކަ ވާހަކަތަކާ ގުޅުވައިގެންނެވެ.

އެ ޖަލްސާގައި ޖަމީލް ވަނީ ރައީސް މުއިއްޒަށް ސުވަރުގެ ހަރާމްވާނެ ކަމަށް ބުނެ، ފަތުވާއެއް ނެރެފަ އެވެ.

ޖަމީލްގެ ވާހަކަ އާ ގުޅުވައިގެން ޝަކީލް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ގޭގެ ސިޓިން ރޫމްގައި ތިބެ ލައިވް ޓީވީގައި ސިޔާސީ ހަރަކާތުގެ ނަމުގައި ފިތުނަ ފަތުރަމުން ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން ކަމަށެވެ.

ޝަކީލް ވިދާޅުވި ގޮތުގައި އެއަށް ކިޔަނީ ވެރިކަމުގެ ޖާހަތަށް ދަހިވެތިވެ، ހަމަ ބުއްދި ފިލައިގެން ދިޔުމެވެ.

އެމްޑީ ޝަކީލް އިތުރަށް ވިދާޅުވީ ރައީސް ޑރ. މުއިއްޒާ ދެކޮޅަށް ދެއްކޭނެ ވާހަކައެއް ނެތުމުން، ރާއްޖޭގެ ސިޔާސީ މަޝްރަހުން ފެއިލްވެފައި ތިބި މީހުން ނުކުމެ، މިހާ ދަށު ދަރަޖަ އަށް ވެއްޓުމުން ބަދުނާވުމުން ފިޔަވާ އިތުރު މޮޅު ތަކެއް ނުވާނެ ކަމަށެވެ.

"އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒާ ދެކޮޅަށް ދެއްކޭނެ ވާހަކައެއް ނެތުމުން ރާއްޖޭގެ ސިޔާސީ މަސްރަހުގައި އިތުބާރު ގެއްލިފައިތިބި މީހުން ނިކުމެ، މި ފެންވަރަށް ވެއްޓުމުން ރައްޔިތުން ކުރިމަތީގައި އިތުރަށް ބަދުނާމުވުން ނޫން ކަމެއް ނުވާނެ،" ޝަކީލް ވިދާޅުވި އެވެ.

އެ ޖަލްސާގައި ރައީސް މުއިއްޒު އާ ގުޅުވައިގެން ދެއްކި ވާހަތައް ކުށްވެރިކޮށް މީސް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ނުރުހުމުގެ ބަސްތައް ރައްދު ކުރަމުންނެވެ.

ޝުއޫރު ފައުޅު ކުރި ބައެއް މީހުން ބުނި ގޮތުގައި ޖަމީލަކީ މިއަދު ރާއްޖޭގެ ސިޔާސީ މައިދާނުގައި ބަނޑުއަކިރި އެވެ. އިތުރު މީހަކު ސިފަކުރި ގޮތުގައި ޖަމީލަކީ މިހާރު ގައުމުގެ ފީކުދާންޏެކެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy