ޒުވާން ހަތީބުން ތަމްރީނު ކުރުމުގެ 3 ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ތަމްރީނު ބުރު މި އަހަރުގެ މެއި އަދި ޖޫން މަހުގެ ތެރޭގައި ބޭއްވުމަށް ނިންމާފައިވާއިރު، މި ބެޗުގައި ރާއްޖެއާއި ރާއްޖޭން ބޭރުގައި އުޅޭ ދަރިވަރުންނަށް ވެސް ބައިވެރިވެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މި ތަމްރީނުގައި ބައިވެރި ވެވޭނީ ގުރޭޑު 10،11،12 ގައި ކިޔަވާ ނުވަތަ ކިޔެވުން ނިމި 18 އަހަރު ފުރިފައިނުވާ ފަރާތް ތަކަށް ކަމަށެވެ.
މި ތަމްރީނު ފުރިހަމަކޮށް، ހަތީބު ކަމުގެ ސަނަދު ދޫ ކުރެވޭނީ ޒުވާން ހަތީބު އިންޓަވިއު ނިންމާ، ޓްރެއިނިން ސެޝަން ތަކުގެ ހުރިހާ ސެޝަނަކަށް ހާޒިރުވެ، ލިޔުމުގެ އިމްތިހާނުން ވެސް ފާސްވާ ބައިވެރީންނަށެވެ.
ހަތީބުންގެ ތަމްރީނުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް މި ފުރުސަތު ހުޅުވާލާފައި ވަނީ ކުރިއަށް އޮތް މޭ މަހުގެ 10 ވާ ހޮނިހިރު ދުވަހުގެ 14:00 އާ ހަމައަށެވެ.
މި ޕްރޮގުރާމުގެ ފުރަތަމަ ދެ ބުރަށް ވެސް ބޮޑު ތަރުގީބެއް ލިބިފައިވާއިރު، މިނިސްޓްރީން އަމާޒު ހިފާފައިވަނީ މި ފަސް އަ ހަރުގެ ތެރޭގައި 1000 ޒުވާން ހަތީބުން އުފެއްދުމަށެވެ.
ކޮމެންޓް