ވީއައިއޭގެ 59 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

ވީއައިއޭގެ 59 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުން --

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ 59 ވަނަ އަހަރީ ދުވަސް ފާހަގަ ކޮށްފި އެވެ.

އަހަރީ ދުވަހުގެ މުނާސަބަތުގައި އެންމެ ފުރަތަމަ ބާއްވާފައި ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތެކެވެ. ވެލާނާ އެއާޕޯޓުގައި އޮތް މި ރަސްމިއްޔާތުގައި ކުންފުނީގެ މެނޭޖްމެންޓާއި މުވައްޒަފުންގެ އިތުރުން ބައެއް ސްޓޭކް ހޯލްޑަރުން ބައިވެރިވި އެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ޝަރީފް ވަނީ އެއާޕޯޓުގެ ތަރައްގީ އަށް ޓަކައި ސަރުކާރުން، ވަކިން ހާއްސަކޮށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ދެއްވާ އަހަމިއްޔަތު ފާހަގަ ކުރައްވައި އެ ކަމަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

އެއާޕޯޓުގެ ތަރައްގީ އަށް ޓަކައި ވަރަށް މުހިއްމު ބޮޑެތި މަޝްރޫއުތައް ހިނގަމުންދާ ކަން ފާހަގަ ކުރައްވައި ޝަރީފް ވިދާޅުވީ ކޮންޓްރެކްޓަރުން ނިންމާނީ ފެސިލިޓީސް ކަމަށާއި އެ ތަންތަން އޮޕަރޭޝަނަލައިޒްކޮށް، ގައުމަށް އޭގެ ފައިދާ ހޯދައިދޭން ތިބީ މުވައްޒަފުން ކަމަށެވެ.

އެ ގޮތުން އެއާޕޯޓުގެ މުވައްޒަފުންނަކީ އަބަދު ވެސް ގައުމަށް ޓަކައި އަގު ހުރި ހިދުމަތް ތަކެއް ކުރާ ބައެއްކަން ފާހަގަ ކުރައްވައި އެ ކަމަށް ޓަކައި މުވައްޒަފުންނަށް ވެސް ޝުކުރު އަދާ ކުރެއްވި އެވެ.

އެއާޕޯޓުގެ ހަޔާތުގައި ކުރިޔަށް އޮތް އަހަރަކީ ހިދުމަތްތައް ވަރަށް ބޮޑަށް ތަރައްގީ ވެގެން ދާނެ އަހަރެއް ކަން ފާހަގަ ކުރައްވައި ޝަރީފް ވިދާޅުވީ ސްޓޭކް ހޯލްޑަރުންނާއި، ފަސިންޖަރުން އުފާވާ ފަދަ ހިދުމަތް ތަކެއް އެއާޕޯޓުން ދޭން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތަށް ފަހު، ދުވަހުގެ މުނާސަބަތުގައި 59 ފޫޓުގެ ކޭކެއް ވަނީ ފަޅާފަ އެވެ. އަދި އެކުވެރިކަމުގެ ހިނގާލުމެއް ވެސް ވަނީ ބާއްވާފަ އެވެ.

އެމްއޭސީއެލުން ބުނީ އަހަރީ ދުވަސް ފާހަގަ ކުރުމަށް ޓަކައި ކުރިޔަށް އޮތް ދުވަސް ތަކުގައި މުވައްޒަފުންނަށް ހާއްސަ ގާލާ ނައިޓަކާއި، ވަން ޑޭ ހޭންޑްބޯލް މުބާރާތެއް ވެސް ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy