މޫމިންގެ ވާހަކަ އަބަދުގެ އަބަދަށް ދައްކާނެ: ނޫރު

އަބަދަށް ފިލްމުގެ ޕޯސްޓަރެއް --

މީގެކުރިން ކާމިޔާބު ފިލްމުތަކެއް ޑައިރެކްޓް ކޮށްފައިވާ މޫމިން ފުއާދުގެ އައު ދިވެހި ފިލްމު "އަބަދަށް" އޮލިމްޕަހުގެ ބޮޑު ސުކްރީން އަންނާން ތައްޔާރު ވެއްޖެ އެވެ. މި އަހަރު އޮލިމްޕަހުގައި އެންމެ ފުރަތަމަ އަޅުވަން ހަމަޖެހިފައިވާ މި ފިލްމު، ޕްރިމިއާ ކުރުމަށް ހަމަޖެހިފައި ވަނީ މި އޭޕްރީލް 28 ވަނަ ދުވަހު އެވެ.

ކުޅަދާނަ ޑައިރެކްޓަރު މޫމިން ފުއާދު ލިޔެ، ޑައިރެކްޓު ކުރާ ފިލްމު، "އަބަދަށް"ގެ ފުރަތަމަ ތިން ޝޯގެ ޓިކެޓަށް މިއަދު މެންދުރުފަހު، 12:00 ހަމައަށް ބުކިން ހެދުމުގެ ފުރުސަތު އޮންނާނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ހުސެއިން ނުރައްދީން (ނޫރު) ނާސިރު ބުންޏެވެ.

ނޫރު ބުނީ މި ފިލްމްގެ ފުރަތަމަ ޝޯއިން ޖާގަ ލިބޭނީ ފުރަތަމަ ބުކުކުރާ މީހުންނަށް ކަމަށާއި ޓިކެޓް ދޫކުރަން ފަށާނީ މިއަދު މެދުރު ފަހު 2:00 ގައި ކަމަށެވެ.

ނޫރު ބުނީ މި ފިލްމުގެ ޕްރިމިއާ ނައިޓުގެ ޓިކެޓް ވިއްކާނީ 200ރ. އަށް ކަމަށާއި އޭގެ ފަހުން ކޮންމެ ޝޯއަކުން ޓިކެޓް ވިއްކާނީ 150ރ. ގެ މަގުން ކަމަށެވެ.

މިއަދުން ފަށައިގެން ފިލްމުގެ އެހެން ތާރީހު ތަކަށް ވެސް ޓިކެޓް ވިއްކަން ފަށާނެ އެވެ. މި ފިލްމަށް ބުކިން ހަދަން ގުޅާނެ ހޮޓްލައިން ނަމްބަރަކީ 7447555 އެވެ. އޭގެ އިތުރުން ވައިބާ އަދި އެސްއެމްއެސް ކޮށްލައިގެން ވެސް ޓިކެޓަށް ބުކިން ހެދޭނެ އެވެ.

މި ފިލްމުގެ ކާސްޓުންގެ ގޮތުގައި ހިމެނެނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އިސްމާއީ ރަޝީދު (ކޮޕީ އިއްސެ) އާއި ވާޝިޔާ މުޙައްމަދު އާއި ޝާރިފް އަހުމަދުގެ އިތުރުން ސޫޒަން އިބްރާހީމްފުޅެވެ.

މޫމިން ޑައިރެކްޓް ކޮށްފައިވާ ކާމިޔާބު ފިލްމު ތަކުގެ ތެރޭގައި ހޭލާ، އާއި ލޫދިފާ، ހޭޕީ ބާތުޑޭ އަދި ނިވައިރޯޅި ފާހަގަކޮށްލެވެ އެވެ.

ކޮމެންޓް

team

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

1 ގަޑިއިރު ކުރިން
team

މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ

1 ގަޑިއިރު ކުރިން
team

އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި

2 ގަޑިއިރު ކުރިން
team

ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި

15 ގަޑިއިރު ކުރިން
team

ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ

16 ގަޑިއިރު ކުރިން
team

ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި

18 ގަޑިއިރު ކުރިން
team

ސްޓެލްކޯގެ އެމްޑީ ފަހުމީ މަގާމުން ދުރުކޮށްފި

19 ގަޑިއިރު ކުރިން
team

މަހުގެ އެކްސްޕޯޓް 88.8 ޕަސެންޓް އިތުރުވެއްޖެ

20 ގަޑިއިރު ކުރިން
team

ރާއްޖޭގެ ގައުމީ ޓީމަށް ގުޅުއްވާ ރައީސް ހިތްވަރު ދެއްވައިފި

21 ގަޑިއިރު ކުރިން
team

މިރޭ ހިފާ ހަނދުކޭތަ ރާއްޖޭގެ ހުރިހާ ހިސާބަކަށް ފެންނާނެ

22 ގަޑިއިރު ކުރިން
team

ސީއެސްސީގެ މެމްބަރު ކަމަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި

1 ދުވަސް ކުރިން
team

ޑޮމެސްޓިކް އެއާޕޯޓުތަކުގެ ހާލަތު ދެނެގަނެ، ހަރުދަނާކުރުމުގެ މަސައްކަތް އެމްއޭސީއެލުން ފަށައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy