މި އަހަރުގެ ޖޫން މަހު ޗައިނާގެ ކުންމިންގައި ބޭއްވުމަށް ހަމަޖެހިފައިވާ 9 ވަނަ ޗައިނާ ސައުތު އޭޝިއާ އެކްސްޕޮޒިޝަން، ކުންމިން ފެއާގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިވެރިންނަށް ހުޅުވާލައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ފެއާގައި ބައިވެރިވުމަށް ބޭނުންވާ ފަރާތް ތަކުން، ބައިވެރިވުމަށް އެދި މި މަހުގެ 14 ވަނަ ދުވަހު ގެ ކުރިން އެ މިނިސްޓްރީއަށް ފޯމް ހުށަހެޅުމުން، ރާއްޖެއަށް ބޫތު ލިބޭ މިންވަރަށް ބަލައި، ބައިވެރިވާން އެދޭ ފަރާތް ތަކަށް ޖާގަ ހަމަޖައްސައި ދޭނެ ކަމަށެވެ.
ޗައިނާ ސަރުކާރުގެ ފަރާތުން ބާއްވަމުން އަންނަ "ޗައިނާ ސައުތު އޭޝިޔާ އެކްސްޕޮޒިޝަން" އަކީ ސަރަހައްދީ ގިނަ ގައުމު ތަކުގެ ވިޔަފާރިވެރިން ބައިވެރިވަމުންނަ އަންނަ ކާމިޔާބު އެކްސްޕޮޒިޝަނެއް ކަން ފާހަގަ ކުރެވެ އެވެ.
މިނިސްޓްރީން ބުނީ މި އަހަރު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އެކްސްޕޮޒިޝަންގައި އެހެން އަހަރުތަކެކޭ އެއްގޮތަށް ރާއްޖޭގެ ވިޔަފާރި ތަކަށާއި، ވިޔަފާރިވެރިންނަށް ބައިވެރިވެ އުފެއްދުންތައް އެގްޒިބިޓްކޮށް ގަނެ ވިއްކުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ކޮމެންޓް