ބޯޓުން ގެއްލުނު މީހާ ހޯދަން ޑްރޯން ބޭނުން ކުރަން ފަށައިފި

ބޯޓުން ގެއްލިގެން ހޯދަމުން އަންނަ މުޝްފިގު މުޙައްމަދު -- ފޮޓޯ/ އެފްބީ

ތ. ހިރިލަންދޫން ފުރައިގެން މާލެއަށް ދަތުރު ކުރަނިކޮށް، އަލިފާން ރޯވި ހޮޅުދޫ ބޯޓުން ގެއްލުނު، މީހާ ހޯދަން އަސްކަރީ ޑްރޯން ބޭނުން ކުރަން ފަށައިފި އެވެ.

ގެއްލިގެން ހޯދަމުން އަންނަނީ ލ. މާވަށަށް ނިސްބަތްވާ، އަލީ މުޝްފިގު މުޙައްމަދު ޝަރީފް، 25، އެވެ.

ޖުމުލު 18 މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ މުދާ އުފުލާ މި ބޯޓުގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑަށް ލިބުނީ ރޭ 9:07ހާއިރު، އެވެ. އެއާއެކު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑު ވަނީ ބޯޓު އޮތް ސަރަހައްދަށް ގޮސްފަ އެވެ.

އެމްއެންޑީއެފުން ބުނީ، ކޯސްޓްގާޑް ޝިޕް ގާޒީ، އެފްއައިސީ މާފަތް، އެޗްޕީ 114، ޑައިވަރުންނާއި އެއާ ކޯގެ ޑްރޯން އަދި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ސިފައިން ގުޅިގެން ކަނޑުމަތިންނާއި ޑައިވްކޮށްގެން އަދި ވައިގެ މަގުން މުޝްފިގު، ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

ބޯޓުން ދަތުރު ކުރި 18 މީހުންގެ ތެރެއިން 17 މީހުން ވަނީ ސަލާމަތްކޮށްފަ އެވެ.

މި ހާދިސާގައި ރޯވި ބޯޓު ވަނީ ރޭ ދަންވަރު 02:07 ހާއިރު އަޑިއަށް ގޮސްފަ އެވެ.

ބޯޓުގެ ބައިތައް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތް ތަކުން މި ކަމަށް ސަމާލުކަން ދިނުމަށާއި ރޭގަނޑު މި ސަރަހައްދުން ދަތުރުކުރާ ފަރާތް ތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރެ އެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

14 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy