އައްޑޫ ސިޓީ ކުޅިއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން ބުނީ އާރިކިޅީގައި ހަބަރު ހުސްވެފައިފައި އޮތް މީހަކު ފެނިގެން މިއަދު ހެނދުނު 9:33 ހާއިރު، ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
ކުޅި ތެރޭގައި މަރުވެފައިވާ އޮއްވާ ފެނިފައި ވަނީ ބިދޭސީ އެކެވެ.
އެ މީހާ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުންޏެވެ. އިތުރު ތަފުސީލު އަދި ހާމައެއް ނުކުރެ އެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް