ހއ. އުލިގަމުގައި އިމިގްރޭޝަންގެ އޮފީސް އެޅުމަށްޓަކައި އެމްޓީސީސީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދު ސޮއިކުރެއްވިއިރު އިމިގްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން، (ރިޓަޔާޑް) ޗީފް އޮފް ޕޮލިސް އަހުމަދު ފަސީހެވެ. މި މަސައްކަތާ ބެހޭ އިތުރު މައުލޫމާތު ހާމައެއް ނުކުރެ އެވެ.
މިހާރު އުލިގަމުގައި އިމިގްރޭޝަންގެ ދެ އޮފިސަރުން މެދުވެރިކޮށް ފޯރުކޮށްދެމުން އަންނަނީ ހަމައެކަނި ސީޕޯޓުގެ ހިދުމަތް ތަކެވެ.
އިމިގްރޭޝަނުން ބުނީ މި އިމާރާތުގެ މަސައްކަތް ނިމި، ބޭނުން ކުރާން ފެށުމާއެކު، ޕާސްޕޯޓު އަދި ވިސާ ފަދަ އެހެނިހެން އިމިގްރޭޝަންގެ ހިދުމަތްތައް ލުއި ފަސޭހަކަމާ އެކު ފޯރުކޮށްދެވި، އެ ރަށުގައި ދޭ އިމިގްރޭޝަންގެ ހިދުމަތްތައް އިތުރަށް ފުޅާވެ، ތަރައްގީ ވާނެ ކަމަށެވެ.
ކޮމެންޓް