އަބުރަށް އަރައިގަތުމާއި ދެބައޮޑުވުމުން ދުރުހެލިވުމަށް ރައީސް އެދިވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް

ކީރިތި ގުރުއާނުގައި މަނާ ކުރައްވާފައިވާ ފަދައިން މީހުންގެ އަބުރަށް އަރައިގަތުމުންނާއި، ދެބައޮޑުވުމާއި، ދޮގުވާހަކަ ފެތުރުމުން ދުރުހެލިވުމަށް، ރައްޔިތުންގެ ކިބައިން ރައީސް ޑރ. މުޙައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކުރިއަށް ގެންދިޔަ ހާފިޒުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮންމެ މީހެއްގެ ވެސް "ގައިޑުބުކް" ނުވަތަ އަމަލީ ގޮތުން ކަންކަން ކުރަންވީ ގޮތް ބަލައި، ކަންކަން ކުރަންވީ ގޮތް ދަސް ކުރާ ފޮތަކަށް ކީރިތި ގުރުއާން ހެދުމަށް ރައީސް އެދިވަޑައިގެންނެވި އެވެ. އަދި ކީރިތި ގުރުއާނަކީ ހަމަ އެކަނި ޖަލްސާ ތަކުގައި ކިޔަވާލަން އޮންނަ ފޮތަކަށް ނުހަދައި، އަމަލީ ފޮތެއް ކަމުގައި ހެދުމަށް އެ މަނިކުފާނު ގޮވައިލެއްވި އެވެ.

ހަމަ އެއާއެކު މި މުޖުތަމައުގައި ގެއްލެމުންދާ އިންސާނީ ކަރާމާތް، އަނބުރާ ގެނެވޭނީ ވެސް ކީރިތި ގުރްއާނަކީ ކޮންމެ ދުވަހެއްގެ ވެސް އަމަލުތައް ބައްޓަން ކުރާ ފޮތް ކަމުގައި ހަދައިގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މިރޭގެ ވާހަފުޅުގައި ރައީސް ވަނީ މުޅި މުޖުތަމައުގެ ކުރިއެރުމަށް ޓަކައި އެއް މުސްލިމަކު އަނެއް މުސްލިމަކަށް އިހުތިރާމް ކުރުމަށް ބާރު އަޅުއްވައިފަ އެވެ.

ފުރިހަމަ މުސްލިމަކީ އޭނާގެ އަތާއި ދުލުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތް ވެގެންވާ މީހާ ކަމަށާއި އެ ސުވާލު އަމިއްލަ ނަފުސާމެދު ހެޔޮނިޔަތުގައި ކޮށްފިނަމަ މުޅި މުޖުތަމައު ރަނގަޅު ވާނެ ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި މި މުޖުތަމައު ރަނގަޅު ވާނީ އަނެކާއަކީ ވެސް ތިމާ ފަދައިން ކަރާމާތެއް އޮތް މީހެއްކަމުގައި ގަބޫލު ކުރުމުން ކަމުގައި ވިދާޅުވެ، އެ މަނިކުފާނު ވަނީ އެ ކަމަށް ބާރު އަޅުއްވާފަ އެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވައިލައްވާފައި ވަނީ، ކިތަންމެ ގިނަ ބިނާރު ތަކެއްގެ މަސައްކަތް ކުރި ނަމަވެސް، ހަގީގީ ތަރައްގީ ހާސިލު ވާނީ ކީރިތި ގުރުއާނާ އެއްގޮތަށް އަމަލުތައް ބައްޓަން ކުރެވިގެން ކަން ފާހަގަ ކުރައްވަމުންނެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

6 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy