ފުލެޓު ގަތީ މީގެ އަހަރުތަކެއް ކުރިން، އަބުރު ކަތިލުން ހުއްޓާލާ: ފަހުމީ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ --

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ދާދި ފަހުން ހުޅުމާލެއިން ބޮޑު އެޕާޓުމެންޓެއް ގަނެ، އެއްފަހަރާ 8.5 މިލިއަން ރުފިޔާ ދައްކާފައި ކަމަށް ބުނެ، މީޑިއާގައި ފަތުރާ ވާހަކަތައް އޭނާ ދޮގު ކުރައްވައިފި އެވެ.

ފަހުމީއާ ބެހޭގޮތުން މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ ވަނީ ވަރަށް ފަހުން ހުޅުމާލެއިން އަގުބޮޑު އެޕާޓްމަންޓެއް ގަނެފަ އެވެ. އަދި  މި އެ ޕާޓަމެންޓް ގަނެފައި ވަނީ އެއްފަހަރާ 8.5 މިލިއަން ރުފިޔާއަށް ވުރެ، ގިނަ ރުފިޔާ ދެއްކުމަށްފަހު އެވެ.

މި ތުހުމަތާ ގުޅުއިގެން ފަހުމީ މިރޭ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ އެ އިޝާރާތް ކުރާ ފުލެޓަކީ، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި، މީގެ އަހަރު ތަކެއް ކުރިން އޭނާ ގަނެ، ފައިސާ ދައްކަމުން އައިސްފައިވާ ފްލެޓެއް ކަމަށެވެ.

ފަހުމީ ވަނީ ސިޔާސީ މަގުސަދެއް ހާސިލު ކުރުމަށް ނަމަވެސް، މީހުންގެ އަބުރަށް ހުތުރުވާ ގޮތަށް، އެ ފަދަ ދޮގު ވާހަކަތައް އުފައްދައި ފަތުރަމުންދާ ފަރާތް ތަކުން އެ ކަން ވަގުތުން ހުއްޓާލުމަށް އިލްތިމާސް ކުރައްވާފަ އެވެ.

"ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ ހަވާލުވުމަށްފަހު 8.5 މިލިއަން ރުފިޔާއަށް ފުލެޓެއް ގަތް ކަމަށް ބުނެ، ބައެއް ފަރާ ފަރާތް ތަކުން އަޅުގަނޑުގެ އަބުރަށް އަރައިގަނެ، ސިޔާސީ މަގުސަދެއް ހާސިލު ކުރުމަށް ފަތުރަމުންދާ ވާހަކަ އަކީ ހަގީގަތާ ހިލާފު، އަސާސެއްނެތް ދޮގު ވާހަކައެއް ކަން ދަންނަވަން،" ފަހުމީ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ ސިޔާސީ ގޮތުންނާއި އަދި އެ ނޫން ގޮތަކުން ވިޔަސް، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުރެ، އޭނާ ކުރަމުންދާ ގައުމީ މަސައްކަތާ ގުޅުވައިގެން ދެކެވޭ ބިނާކުރަނިވި ފާޑުކިޔުންތަކަށް އަބަދު ވެސް އިހުތިރާމުކޮށް، މަރުހަބާ ކިޔާނެ ކަމަށެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy