ތެލެސީމިއާ ޕޭޝަންޓުންނަށް ދިމާވާ ދަތިތައް ނައްތާލުމަށް ރައީސް އަންގަވައިފި

ރައީސް ނެޝަނަލް ތެލެސީމިއާ ސެންޓަރަށް ޒިޔާރަތް ކުރެއްވުން --

ތެލެސީމިއާ ޕޭޝަންޓުންނަށް ދިމާވާ ދަތިތައް ވަގުތުން ހައްލު ކުރެވޭނެ ގޮތް ތަކެއް ހޯދަން ރައީސް ޑރ. މުޙައްމަދު މުއިއްޒު، ކަމާބެހޭ ފަރާތް ތަކަށް މިއަދު އަންގަވައިފި އެވެ.

ރައީސް މި ކަމަށް އެންގެވީ ނެޝަނަލް ތެލަސީމިއާ ސެންޓަރަށާއި، ތެލަސީމިއާ ސެންޓަރު ބަދަލު ކުރުމަށް މިހާރު ތައްޔާރު ކުރަމުންދާ އޮރެންޖް ހިޔާއަށް ޒިޔާރަތް ކުރެއްވުމަށްފަހު، ދެއްވި އިންޓަރވިއުގަ އެވެ.

އެ މަނިކުފާނު ވިދާޅުވީ 2017 ވަނަ އަހަރުން ފަށައިގެން ތެލަސީމިއާ ސެންޓަރު ހިންގަމުން ދަނީ ޑިރެކްޓާ ޖެނެރަލެއް ނުލާ ކަމަށާއި އެހެން ކަމުން އެ ކަން ވީހާވެސް އަވަހަށް ހައްލު ކުރަން އިރުޝާދު ދެއްވާފައިވާނެ ކަމަށެވެ. އަދި ނަރުހުންނާއި ސީނިއާ ފިޒިޝިއަނެއް ހޯދުމާއި ތަނަށް ބޭނުންވާ އާލާތް ތަކާއި ލެބޯޓްރީ ޓެކްނޮލޮޖިސްޓުންގެ އިތުރުން އެކިއެކި މުވައްޒަފުން ހަމަޖެއްސުމަށް މަޝްވަރާ ކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.

"މިގޮތަށް މިކަންކަން އޮތް ކަމާއި މިހިސާބަށް އައިއިރު އެއްވެސް ވަރެއްގެ ކުރިއެރުމެއް ނާންކަން އަޅުގަނޑަށް ނޭނގި އޮތީ، ސަރުކާރު އެކި ފަރާތްތަކާ ތެލެސީމިއާ ސެންޓަރުން މިދިޔަ އަހަރެއްހާ ދުވަސް ތެރޭގައި ދެތިން ފަހަރު ބައްދަލުކޮށް މައުލޫމާތު ހިއްސާކޮށްފައިވޭ، މިއަދު ބަލާލި ލިޔެކިޔުންތަކުން އެކަން ސާފުވޭ، އެކަމަކު އަމަލީ ސިފައެއް ނައިސް މި އޮތީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އައިޖީއެމްއެޗު ނޫނީ އެހެނިހެން ހޮސްޕިޓަލްތައް ފަދައިން ތެލަސީމިއާ ސެންޓަރުގެ ހިދުމަތް ތަކަށް ވަގުތު އިތުރު ކުރުމަށް ޓަކައި ބޭނުން ވާނެ ހިއުމަން ރިސޯސަސް ހޯދުމަށް މިއަދު މަޝްވަރާ ކުރެއްވި ކަމަށާއި އަދި އެކަން ކުރިއަށް ގެންދަންވީ ގޮތް ވެސް ކަނޑައަޅާފައިވާނެ ކަމަށެވެ.

"ފައިސާގެ ގޮތުން ބޭނުންވާ އެއްވެސް ކަމެއް ދަތިނުވާނެ ގޮތަށް ކަންކަން ހަމަޖައްސައިދީފައި އޮންނާނީ. އަދި އެންމެންމެންގެ މަޝްވަރާއެކު މުހުލަތު ތަކެއް ވެސް މިއަދު ވާނީ ހަމަޖައްސާފަ. ކުރިއަށް އޮތް ތަނުގައި ތެލެސީމިއާ ކުދިންނަށް ދިމާވާ ހުރިހާ ދަތިތަކެއް ހައްލު ކުރުމުގައި ސީދާ އަޅުގަނޑުނޑުގެ ބެލުމުގެ ދަށުން މިކަންކަން ކުރިއަށް ގެންދާނަން،" ރައީސް ވިދާޅުވި އެވެ.

ހުޅުމާލޭގައި އަލަށް ގާއިމު ކުރާ ތެލަސީމިއާ ސެންޓަރަކީ ޖާގައިގެ ގޮތުން ތަނަވަސް ތަކެއްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެ ތަނުގެ މަސައްކަތް ނިމި، ބޭނުން ކުރާން ފެށެންދެން، މާލޭގައި މިހާރު ހުރި ތެލަސީމިއާ ސެންޓަރުގެ ހިދުމަތް ވެސް މިވަގުތަށް ރަނގަޅު ކޮށްދެއްވާނެ ކަމަށެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

14 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy