ތިބާގެ އަމަލުތަކުގެ ވާހަކަ މަލާއިކަތުން ލިޔުއްވާނެ، ހެޔޮ އަމަލެއް މެނުވީ ނުކުރާތި: ހުތުބާ

އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރަނީ -- ފޮޓޯ/ މިހާރު

އިންސާނާގެ އަމަލު ތަކުގެ ވާހަކަ ފަތްފުށްތަކުގައި މަލާއިކަތުން ލިޔުއްވާނެކަން ދަނެ، ހެޔޮ އަމަލެއް މެނުވީ ނުކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ނެރެފައިވާ މިއަދުގެ ހުކުރު ހުތުބާގެ މައުލޫ އަކީ "ލައިލަތުލްގަދްރި" އެވެ.

މިއަދުގެ ހުތުބާގައި ކިޔަމަންތެރިވެ، މާތް އަށް ތަގުވާވެރި ވުމަށާއި ހެޔޮ އަމަލާ އެކު މި މާތް މައްސަރު ނިންމައިލެވޭތޯ ބެލުމަށާއި އަމިއްލަ ނަފުސަށް ކުރެވޭ އަހުދު ތަކަށް ރައްކާތެރި ވުމަށް ގޮވާލި އެވެ. އަދި އިސްތިއުފާރު ކުރުމުން ރޯދައަށް ހުންނަ އިރު، އެ މީހަކަށް ކުރެވޭ ކުދިކުދި ފާފަތައް ފުއްސަވައި ދެއްވާނޭ ކަމެއް ކަން ވަނީ ފާހަގަކޮށްފަ އެވެ.

ކީރިތި ރަސޫލާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމް، ގެ ބައެއް ހަދީސްފުޅުތަކުގެ މާނައަށް ވެސް މިއަދުގެ ހުތުބާގައި އަލިއަޅުވާލާފައިވެ އެވެ.

އެގޮތުން ވަނީ ތިބާ ވީ ކޮންމެ ތަނެއްގައި، މާތް ﷲ ބިރުވެތިވެ، އަދި ނުބައިކަމެއް ކުރެވިއްޖެ ނަމަ، އެއާ ވިދިގެން ހެޔޮ ކަމެއް ކުރުމަށް ނަސޭހަތްތެރިވެފަ އެވެ. އަދި އެ ހެޔޮ ކަމަކީ އެ ނުބައި ކަން ފިލުވައިލަނިވި، ކަމެއްކަން ފާހަގަކޮށް ހުތުބާގައި ވަނީ މާތްﷲގެ ހަޒުރަތަށް ކުއްތަންވެ، އެ ކަލާނގެއަށް އޮންނަ އިތުބާރު ހަރުދަނާ ކުރުމަށް ބުނެފަ އެވެ.

އަދި އެ ކަލާނގެ ރަޙްމަތްފުޅުން ދެއްވައިފައިވާ ނިއުމަތް ތަކަށް ޝުކުރުވެރިވެ، އިސްލާމްކަން މަތީ، ހެޔޮ ހާލުގައި ތިބެ ރަމަޟާން މަހާ ބައްދަލުވުމަކީ ކުޑަ ނިއުމަތެއް ނޫންކަން ވެސް ހުތުބާގައި ފާހަގަ ކުރި އެވެ.

"މިހާރު އަހަރެމެން މި ތިބީ މި މަހުގެ ފަހު ދިހައިގެ ތެރޭގަ އެވެ. ވީމާ އަހަރެމެންގެ ހެޔޮ އަމަލުތައް ގަބޫލު ކުރައްވައިތޯ މާތް اللهގެ ޙަޟްރަތުގައި ދުޢާދަންނަވާށެވެ، މިއީ ބަރަކާތުން ފުރިގެންވާ ދުވަސްތަކެކެވެ، މި ދުވަސް ތަކާއި ރޭތައް އިހުޔާ ކުރުމަކީ އެ ކަމުގެ ދަރުމަ އާއި ސަވާބުގެ މިންވަރު ހިސާބު ކުރާން ނޭނގޭ ވަރަށް އިތުރު ކޮށްދެއްވާ ކަމެކެވެ. ރަމަޟާން މަހުގެ ފަހު ދިހައިގައި ކީރިތި ރަސޫލާ މުޙައްމަދު ސައްލަﷲ އަލައިހި ވަސައްލަމް، އަމަލުފުޅު ބެހެއްޓެވި ގޮތަށް ބަލާ އިރު، އެ ކަލޭގެފާނު ރޭ އަޅުކަމުގައި ގިނަ ވަގުތު ހޭދަ ކުރައްވައެވެ،" ހުތުބާގައި ބުންޏެވެ.

ފަހު ދިހައިގައި ލައްވައިފައިވާ ބަރަކާތްތެރިކަން ބޮޑު ރެއަކީ ލައިލަތުލްގަދްރިވިލޭރޭ ކަމަށާއި އެ ރޭ ކުރާ ހެޔޮ ކަމުގެ ދަރުމަ އެ ނޫން ވަގުތުގައި، އެއް ހާސް މައްސަރުގައި ކުރާ ހެޔޮ ކަމަށް ވުރެ މަތިވެރިކުރައްވައިވާ ކަމަށް ހުތުބާގައި ބުންޏެވެ.

އޭގެ އިތުރުން މި މަތިވެރި ރެއަކީ މާތްﷲ، އެ ރެއެއްގައި މީހަކަށް މުޅި އުމުރުގައި ދެއްވާނެ އެންމެ މަތިވެރިކަން ހާސިލު ކުރެވިދާނެ ރޭ ކަން ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.

"ލައިލަތުލްގަދުރިވިލޭރޭ، އެއް ހާސް މައްސަރަށް ވުރެ ހެޔޮ ކަން ބޮޑެވެ." މި ބަސްފުޅުން އެނގޭ ގޮތުގައި އެ ރޭ، ކުރާ ހެޔޮ ކަމުގެ ދަރުމަ ދެއްވަނީ އެއް ހާސް މައްސަރުގައި ކުރާ ހެޔޮ ކަމާ އެއްވަރުގެ ހެޔޮ ކަމެއްނޫނެވެ. އަދި ކިއެއްތަ، އެއް ހާސް މައްސަރުގައި ކުރެވޭ ހެޔޮ ކަމަށްވުރެ ވެސް އިތުރުކޮށެވެ. އެހެންވީމާ، މި ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ،" ކީރިތި ގުރުއާނުގެ އާޔަތަކުން މިސާލު ނަގައި ހުތުބާގައި ބުންޏެވެ.

ފަހު ދިހައިގައި އިއުތިކާފަށް އިނުމުގެ މުހިއްމު ކަމަށް އަލިއަޅުވާލާ މިއަދުގެ ހުތުބާގައި ބުނީ ކީރިތި ރަސޫލާ މުޙައްމަދު ސައްލަﷲ އަލައިހި ވަސައްލަމް، ދުނިޔެ ދޫ ކުރެއްވުމާ ހަމައަށް ރަމަޟާން މަހުގެ ފަހު ދިހައިގައި އިއުތިކާފަށް އިންނެވި ކަމަށެވެ.

އިއުތިކާފަށް އިންނަ މީހާ، ބޭކާރު ކަންތައް ތަކާއި ވާހަކަ ތަކުން ދުރުހެލިވެ، މާތްﷲ އަށް އަޅުކަން ކުރުމާއި ކީރިތި ގުރުއާން ކިޔެވުމާއި ޒިކުރު ކުރުމުގައި ވަގުތު ހޭދަ ކުރާން ވާނެ ކަމަށާއި އަދި މިސްކިތުގައި ހޭދަ ކުރާ ވަގުތު ތަކުގައި މިސްކިތުގެ ސާފު ތާހިރު ކަމަށާއި، މިސްކިތުގެ ހުރުމަތަށް އިސްކަން ދޭން ވާނެ ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.

މިސްކިތުގެ ހުރުމަތް ގެއްލޭ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެކަން ފާހަގަކޮށް ހުތުބާގައި ވަނީ މިސްކިތް ތަކަކީ ބިންމަތީގައިވާ އެންމެ މާތް ތަންތަން ކަމަށާއި އަދި އެއީ މާތްﷲ ގެ ގެ ކޮޅުތައް ކަމަށް ބުނެފަ އެވެ. އެހެންވެ، އެ ކަން އަބަދު ވެސް ހަނދާން ކުރާން ވެސް ވަނީ ގޮވާލައިފަ އެވެ.

ފިތުރު ޒަކާތަށް އަލިއަޅުވާލައި ހުތުބާގައި ބުނީ ޒަކާތަކީ މި ބަރަކާތްތެރި މައްސަރާ ވިދިގެން އަދާ ކުރާން އަމުރު ކުރައްވައިފައިވާ އަޅު ކަމެއް ކަމަށެވެ. ފިތުރު ޒަކާތަކީ ރޯދަމަހު، ރޯދަތައް ހިފި އިރު ކުރެވިފައިވާ އުނި ކަންކަން ފޫބައްދައިދޭ ކަމެކެވެ.

"ރޯދައަށް ހުރެ ދެއްކޭ ބާތިލު ވާހަކަ ތަކާއި ކުރެވޭ ނުރަނގަޅު ކަންކަމުން، ރޯދަވެރީންނަށް ތާހިރު ކަމެއްގެ ގޮތުގައްޔާއި، މިސްކީނުންނަށް ދެވޭ ކެއުމެއްގެ ގޮތުގައި ކީރިތި ރަސޫލާ މުޙައްމަދު ސައްލަﷲ އަލައިހި ވަސައްލަމް ފިތުރުޒަކާތް ފަރުޟު ކުރެއްވެވި، އެހެންކަމުން ތިމާއާއި ތިމާގެ ބެލުމުގެ ދަށުގައިވާ މީހުންނާއި ކުދީންގެ ފަރާތުން ފިތުރު ޒަކާތް ނެރުމަށް އަވަސް ވާށެވެ،" ހުތުބާގައި ހަނދާން ކޮށްދީފައިވެ އެވެ.

ކޮމެންޓް

team

ދިގުރަށު ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ފެށުމުގެ ގޮތުން ފެންސު ޖަހަން ފަށައިފި

1 ގަޑިއިރު ކުރިން
team

ދައުލަތުގެ އިދާރާތަކުގެ ހުރުމަތް ކެނޑޭ ގޮތަށް ވާހަކަ ދައްކައިގެން ނުވާނެ: އިހުސާން

1 ގަޑިއިރު ކުރިން
team

ޕީޖީ އޮފީހުގެ 2.0 މަޝްރޫއު އިފުތިތާހުކޮށްފި

4 ގަޑިއިރު ކުރިން
team

"ނާޒުކު ހާލަތްތަކުގައި ތިބޭ މީހުންގެ ޒާތީ މައުލޫމާތު ހާމައެއް ނުކުރާނެ"

5 ގަޑިއިރު ކުރިން
team

ފުލުހުންގެ ގާބިލުކަން އިތުރު ކުރަން ނިއުޒިލެންޑުގެ އެހީތެރިކަން ހޯދަނީ

15 ގަޑިއިރު ކުރިން
team

އޯއީސީއެމްގެ ޝަރަފު ފުރަތަމަ ފަހަރަށް ސޮނޭވާ ޖާނީ އަށް

15 ގަޑިއިރު ކުރިން
team

ހަތަރު ކްރައިސިސްއެއްގައި މަސައްކަތްކުރެވިއްޖެ، އިގްތިސާދަށް މިހާބޮޑަށް އަސަރުކުރި ފަހަރެއް އަދި ނާދޭ: ޝިމާދު

17 ގަޑިއިރު ކުރިން
team

ކޮންމެ ދުވަހަކު ބޭންކުން 1.2 މިލިއަން ޑޮލަރު ނަގާ، ޖަމާކުރަނީ 6 ލައްކަ ޑޮލަރު: ސައީދު

19 ގަޑިއިރު ކުރިން
team

ސަރުކާރުގެ އަމާޒަކީ ވަޒީފާގެ ބާޒާރު މިހާރަށް ވުރެ އިތުރަށް ފުޅާ ކުރުން: އިހުސާން

19 ގަޑިއިރު ކުރިން
team

މިނިސްޓަރު އިރުތިޝާމްގެ އަރިހަށް ސާކުގެ ސެކްރެޓަރީ ޖެނެރަލް އިހުތިރާމްގެ ޒިޔާރަތެއް

19 ގަޑިއިރު ކުރިން
team

ހޮޅުދޫގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ނިންމައިލައިފި

20 ގަޑިއިރު ކުރިން
team

މީރާގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލްގެ މަގާމަށް ހުޅުވައިލައިފި

23 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy