އަމިއްލަ އިންޝުއަރެންސާ އެކު އާސަންދަ ލިބޭ ގޮތަށް ބަދަލުކޮށްފި

އާސަންދަ އޮފީސް -- ފޮޓޯ/ ކޯޕަރޭޓް މޯލްޑިވްސް

ޕްރައިވެޓް އިންޝުއަރެންސް އޮންނަ ނަމަ އެ ލިމިޓު ހަމަވުމުން ނޫނީ އާސަންދަ ނުދޭން ނިންމި ނިންމުން ބަދަލުކޮށް، ޕްރައިވެޓް އިންޝުއަރެންސާއެކު އަލުން އާސަންދަ ލިބޭ ގޮތަށް ބަދަލު ކޮށްފި އެވެ.

ސިއްހީ ހިދުމަތްދޭ ތަންތަނުން ހިދުމަތް ލިބިގަންނަ ބަލިމީހުންގެ ޕްރައިވެޓް އިންޝުއަރެންސް އޮންނަ ނަމަ އެ އިންޝުއަރެންސަށް ކެނޑުމަށް ފަހު އާސަންދަ ދޭ ގޮތަށް ބަދަލު ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަސް ތެރޭގަ އެވެ. އެގޮތަށް އޭރު ނިންމީ  އާސަންދަ އިސްލާހުކޮށް، ދައުލަތުން ބޭސްފަރުވާއަށް ކުރާ ހަރަދު ކުޑަކުރުމަށެވެ.

އާސަންދަ އިން މިއަދު ނެރުނު ބަޔާނުގައި ބުނީ އައުޓް ޕޭޝަންޓް ހިދުމަތަށް ޕްރައިވެޓް އިންޝުއަރެންސާއެކު އާސަންދަ ސުކީމުން އެ ހިދުމަތަށް ކަނޑައަޅާފައިވާ އަދަދު ވެސް އެކުއެކީ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ޓަކައި ސިއްހީ ހިދުމަތްދޭ އަމިއްލަ މަރުކަޒު ތަކުގެ ސިސްޓަނަށް ގެންނާންޖެހޭ ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.

"މި ބަދަލާއެކު 10 މާޗު އިން ފެށިގެން ޑޮކްޓަރަށް ދެއްކުމަށް ނަގާ ކޮންސަލްޓޭޝަން ފީ އު ސޫލުން ތަންފީޒު ކުރެވިގެންދާނެ، އައުޓް ޕޭޝަންޓު އެހެނިހެން ހިދުމަތް ތަކަށް މި އުސޫލުން އަމަލު ކުރަން ފަށާނީ 27 މާޗު 2025 އިން ފެށިގެން،" އާސަންދައިން ބުންޏެވެ.

އާސަންދަ އިން ބުނީ މި އާއެކު ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކުން ހިދުމަތް ހޯދާއިރު، އެންމެ ފުރަތަމަ ޗާޖު ކުރާނީ ޕްރައިވެޓް އިންޝުއަރެންސް ޕްލޭން އިން ފޯރުކޮށްދޭ މިންވަރުން ކަމަށެވެ. އެއާއެކު، ޕްރައިވެޓް އިންޝުއަރެންސް ޕްލޭން އިން ކަވަރު ކުރާ މިންވަރަށްވުރެ އިތުރުވާ އަދަދު އާސަންދަ އިން ވެސް ފޯރުކޮށްދޭނެ އެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy