ރައީސް ޑރ. މުޙައްމަދު މުއިއްޒު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް ކަމުގެ މަގާމަށް، ގއ. ދެއްވަދޫ، ދޭލިޔާގެ މުޙައްމަދު އަނަސް މިއަދު އައްޔަނު ކުރައްވައިފި އެވެ.
އަނަސް އަކީ ރާއްޖޭގެ ގައުމީ ޔުނިވަސިޓީން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.
އޭނާ ވަނީ މީގެ ކުރިން ފިނޭންސް މިނިސްޓްރީގެ ނައިބު ކަމާއި އެޗްޑީސީގެ އޮޑިޓް މެނޭޖަރު ކަމާއި މޯލްޑިވްސް ބިޒްނަސް ސުކޫލުގެ އެސޯސިއޭޓް ޕްރޮފެސަރު ކަމުގެ މަގާމު އަދާ ކުރައްވާފަ އެވެ.
މިދިޔަ ފެބުރުއަރީ މަހުގެ 12 ވަނަ ދުވަހު ރައީސް ޑރ. މުއިއްޒު ވަނީ ޕީސީބީގެ ރައީސް ކަމުގައި ހުންނެވި ހަމްދީ އަގީލް އެ މަގާމުން ވަކި ކުރައްވާފަ އެވެ.
ކޮމެންޓް