އިސްލާމިކް މިނިސްޓްރީގެ ހިންގުން ހަރުދަނާ ކުރަން އޮނިގަނޑަށް ބަދަލުތަކެއް!

އިސްލާމިކް އެފެއާޒު --

އިސްލާމިކް މިނިސްޓްރީއަށް ޒަމާނީ ބަދަލު ތަކެއް ގެނެސް އިދާރީ ހިންގުން ރަނގަޅު ކުރުމަށް އޮނިގަނޑަށް ބަދަލު ތަކެއް ގެނެސްފި އެވެ.

މިނިސްޓަރު ޑރ. ޝަހީމްގެ އިސް ނެންގެވުމުގެ މަތީން މިނިސްޓްރީގެ އޮނިގަނޑައަށް ގެނައި ބަދަލާއެކު ބައެއް ސެކްޝަން ތަކަށް ބޮޑެތި ބަދަލު ތަކެއް ވަނީ އައިސްފަ އެވެ.

އެގޮތުން ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓުގެ ހިއުމަން ރިސޯސް ސެކްޝަންގެ ދަށުން ޓްރެއިނިން އަދި ޕާފޯމަންސް މެނޭޖްމަންޓަށް ހާއްސަ ޔުނިޓެއް އުފައްދާފައި ވާއިރު މިނިސްޓާސް ސެކްރެޓޭރިއެޓް ސެކްޝަން އުފައްދާ އެ ސެކްޝަންގެ ދަށުން ސެކްރެޓޭރިއެޓް ޔުނިޓް، ފޮރިން ރިލޭޝަންސް ޔުނިޓް، މީޑިއާ ޔުނިޓް އަދި ޕޮލިސީ އެންޑް ސްޓެރެޖިކް ޕްލޭނިން ޔުނިޓު އުފެއްދުމާއި ވަޒީރާއި ޕާމަނެންޓް ސެކްރެޓަރީގެ ސީދާ ބެއްލެވުމުގެ ދަށުން މި ސެކްޝަން ހިންގާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

މީގެ އިތުރުން އިސްލާމިކް އެފެއާޒް ޑިޕާޓްމަންޓުގެ މޮސްކް އެފެއާޒް ޑިވިޝަންގެ ނަން އައުގާފް އެންޑް އިސްލާމިކް ޑިވެލޮޕްމެންޓް ޑިވިޝަނަށް ބަދަލުކޮށް މި ޑިވިޝަންގެ ދަށުގައި އޮތް އައުގާފް އެންޑް އިންފްރާސްޓްރަކްޗާ ޑިވެލޮޕްމެންޓް ސެކްޝަން ދެ ސެކްޝަނަކަށް ބަދަލުކޮށް އައުގާފް ސެކްޝަނާއި އިންފްރާސްޓްރަކްޗާ ޑިވެލޮޕްމެންޓް ސެކްޝަން ވަކިން މަސައްކަތް ކުރާ ގޮތަށް ވެސް ވަނީ ބަދަލުކޮށްފަ އެވެ.

އަދި އައުގާފް ސެކްޝަންގެ ދަށުން އައުގާފް އެޑްމިނިސްޓްރޭޝަން ޔުނިޓާއި ފަންޑް މެނޭޖްމަންޓު ޔުނިޓް އުފެއްދުމާއި، މޮސްކް މެނޭޖްމެންޓް ސެކްޝަންގެ ދަށުން ގްރޭޓާ މާލެ މޮސްކްސް ޔުނިޓާއި، ނޮދަން މޮސްކިސް ޔުނިޓް އަދި ސަދަން މޮސްކްސް ޔުނިޓު އުފެއްދުމަށް ވަނީ ހަމަޖެހިފަ އެވެ.

ވުޒާރާގެ އިސްލާމިކް އެފެއާޒް ޑިވިޝަންގެ ދަށުގައި އޮތް އިސްލާމިކް ދައުވާ ސެކްޝަންގެ ނަން ދައުވާ އެންޑް ގައިޑަންސް ސެކްޝަނަށް ބަދަލު ކޮށްފައިވާއިރު، އިސްލާމިކް ސައުވާ ސެކްޝަންގެ ދަށުގައި އޮތް ދެ ޔުނިޓް އުވާލާ ދައުވާ އެންޑް ގައިޑަންސް ސެކްޝަންގެ ދަށުން 3 ޔުނިޓެއް އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ.

އެއީ ގްރޭޓާ މާލެ ރީޖަން އެވެޔަނަސް ޔުނިޓާއި، ނޮދަން ރީޖަން އެވެއަނަސް ޔުނިޓާއި، ސަދަން ރީޖަން އެވެއަނަސް ޔުނިޓެވެ.

މީގެ އިތުރުން މީޑިއާ އެންޑް ޕަބްލިކޭޝަން ސެކްޝަންގެ ނަން ރިސާޗް އެންޑް ޕަބްލިކޭޝަން ސެކްޝަނަށް ބަދަލުކޮށް، ރިސާޗް އެންޑް ޕަބްލިކޭޝަން ސެކްޝަންގެ ދަށުން ރިސާޗް އެންޑް ޑިވެލޮޕްމެންޓް ޔުނިޓު އުފެއްދުމާއި، ކުރިން އޮތް މީޑިއާ އެންޑް ޕަބްލިކޭޝަން ސެކްޝަންގެ ދަށުގައި އޮތް އިސްލާމިކް ލައިބްރަރީ ޔުނިޓު މި ޑިވިޝަންގެ ދަށުގައި އޮންނަ ވަކި ސެކްޝަނަކަށް ހެދުމަށާއި ހައްޖު އެންޑް އުމްރާ ޔުނިޓް ސެކްޝަނަކަށް ހެދުމަށް އާ އޮނިގަނޑުގައި ވަނީ ކަނޑައަޅާފަ އެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy