ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.
މި މަގާމަށް ހުޅުވާލާފައި ވަނީ އެ ކޮމިޝަންގެ ނައިބު ރައީސް ކަމުގައި ހުންނެވި އިބްރާހީމް ރަޝީދު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ސީއެސްސީގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރަކު އިސްތިއުފާ ދެއްވާފައި ވާތީ، އެ ކޮމިޝަނަށް މެންބަރަކު އައްޔަން ކުރުމަށް ޓަކައި މެންބަރު ކަމުގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދުން ފަށައިގެން މާޗު މަހުގެ 19 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
މެންބަރު ކަމަށް އެދި ހުށައަޅާ ފޯމު ބަލައިގަންނާނީ މާޗު 19 ވާ ބުދަ ދުވަހުގެ ހެނދުނު 9:30 އިން މެންދުރު 13:00 އަށް ރައީސް އޮފީހުންނެވެ.
އޭގެ އިތުރުން ރައީސް އޮފީހުގެ ވެބްސައިޓް www.presidency.gov.mv އިން ފޯމު ޑައުންލޯޑް ކުރެވޭނެ އެވެ.
ކޮމެންޓް